ކުޅުދުއްފުށި އެއަރޕޯޓް - ފޮޓޯ: ޕީއެސްއެމް

ކުޅުދުއްފުށި ސިޓީ މޮނިޓަރިންނަށް ލައިފި

ކުޅުދުއްފުށި ސިޓީ މޮނިޓަރިންނަށް ލައިފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އިން މިރޭ ވިދާޅުވީ، އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވުވުމާއި ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިން ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ޕޮޒިޓިވުވި މީހަކީ ޅ. އަތޮޅު ހޮސްޕިޓަލުން ރެފަރ ކުރި ބަލިމީހެއް ކަމަށާއި މި ބަލިމީހާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުކަމަށްވެސް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ޅ. އަތޮޅު ހޮސްޕިޓަލް ހުންނަ ނައިފަރުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހަކު މިމަހުގެ 23 ވަނަ ދުވަހު ފެނުމާއި ގުޅިގެން އެރަށްވެސްވަނީ އެތާރީހުން ފެށިގެން މޮނިޓަރިންގެ ހާލަތައް ގެނެވިފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ ނައިފަރުން ޕޮޒިޓިވްވި މީހާ ކައިރީގައި އެޑްމިޓްކޮށްފައިވާ ބަލި މީހެކެވެ.

މިދުވަސްވަރަކީ އަތޮޅުތެރޭ ރައްތަކުން ގިނަ އަދަދަކަށް ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުން ފެއްނަމުންދާ ދުވަސްވަރެކެވެ. މިގޮތުން މިހާތަނަށް ކުޅުދުއްފުށި ސިޓީ ހިމެނޭގޮތުން ޖުމްލަ 13 ރަށެއްވަނީ މޮނިޓަރިންނަށް ލައިފައެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ