ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

މަގުމަތިން ހޮވި ފައިސާތަކެއްގެ ވެރިފަރާތް ހޯދަނީ

މަގުމަތިން ހޮވައިގެން ގެނެވިފައިވާ ފައިސާތަކެއްގެ ވެރިފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

" މިފައިސާތަކަކީ 2019 ޖޫން 9 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީމަގު އިރާކުމާގެ ކުރިމަތިން މަގުމައްޗަށް ވެއްޓިފައިވަނިކޮށް، މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ފެނުނު ފައިސާތަކެއް. " ފުލުހުން ވިދާޅުވިއެވެ.

އަދި މިފައިސާތަކުގެ ވެރިފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވުމަށް ފުލުހުން އެދިލައްވައެވެ.

އަދި ފައިސާތަކާ ޙަވާލުވެލެއްވުމަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޟިރުވުމަށް އެދިލައްވާފައިވާއިރު، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޙާޟިރުވުމަށްވެސް ފުލުހުން އެދިލައްވައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ