ނެޓްފްލިކްސްގެ އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާސް ތިންގްސް" ގެ ފޭނުންނަށް ހާއްސަކޮށްގެން އެ ސީރީޒްގެ ތީމަށް މޯބައިލް ގޭމެއް އުފައްދަން އެކުންފުނިން ނިއްމައިިފިއެވެ.
"ޕޮކިމޯން ގޯ" ގެ ސްޓައިލަށް އުފައްދާ މި ގޭމް އައިފޯން އަދި އެންޑްރޮއިޑް މޯބައިލް ފޯނުތަކުންވެސް ޑައުންލޯޑް ކުރެވޭނެ އެވެ.
2020 އަހަރު މި ގޭމް ލޯންޗުކުރަން ތާވަލުކޮށްފައިވާއިރު، މި ގޭމް ތައްޔާރުކުރާނީ "ފިނިޝް ސްޓޫޑިއޯ" އަދި "ފިނިޝް ގޭމްސް" އިންނެވެ.
ނެޓްފްލިކްސް އިން ބުނީ، މި ގޭމް މެދުވެރިކޮށް، ގޭމްގެ ގޫގުލް މެޕް ފީޗަރ އިން، ސީރީޒް ގައި ދައްކާ ޕެރެލަލް ޔުނިވާރސް ކަމުގައިވާ "އަޕްސައިޑް ޑައުންވެސް" ތަޖުރިބާ ކޮށްލެވޭނެ ކަމަށެވެ. އަދި މި ގޭމް މަލްޓި ޕްލޭޔަރ މޯޑުގައިވެސް ކުޅެވޭނެކަމަށް ނެޓްފިލްކްސް އިން ބުނެފައިވެއެވެ،
"ސްޓްރޭންޖާ ތިންގްސް" ގެ 3 ވަނަ ސީޒަން ފެށެން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ނެޓްފިލްކްސް އިން ވަނީ، ސްޓެރޭންޖާ ތިންގްސް ގެ އިތުރު ގޭމެއްވެސް ނެރޭނެ ކަމަށް އިއުލާންކޮށްފައެވެ،
މި ގޭމް ނެރެން ހަމަޖެހިފައިވަނީ، "ސްޓްރޭންޖާ ތިންގްސް" ގެ 3 ވަނަ ސީޒަންއާއެކު ޖުލައި މަހުގެ 4 ގައެވެ.
ނަވާރަ ސަތޭކަ އައްޑިހައިގެ ދުވަސްވަރު ދައްކުވައިދޭ މި ސީރީޒްގައި ފެނިގެންދަނީ، “ހޯކިންސް” ނަމަކަށް ކިޔާ ސިޓީއެއްގައި އުމުރުން ހަގު ކުދިންތަކަކަށް ކުރިމަތިވާ ސުޕަރނެޗުރަލް ހާދިސާތަކެކެވެ.




