އިންޑޮނޭޝިއާގެ އެންމެބޮޑު ތެޔޮ ކާރުހާނާގައި ރޯވެ އަނދަނީ

އިންޑޮނޭޝިއާގެ އެންމެބޮޑު ތެޔޮ ސާފުކުރާ ކާރުހާނާގައި ރޯވެ އަނދަންފަށައިފިއެވެ.

އިންޑޮނޭޝިއާ ސަރުކާރުގެ ތެޔޮ ކުންފުނިން ހިނގާ މި ތެޔޮ ސާފުކުރާ ކާރުހާނާގައި ރޯވެ އަނދަން ފަށައިފައިވަނީ އިންޑޮނޭޝިއާ ގަޑިން ރޭ މެންދަމު 12:45 ހާއިރެވެ.

އަލިފާން ނިއްވާ ފަރާތްތަކުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް އަލިފާންގަނޑު އަދިވަނީ ކޮންޓުރޯލް ނުކުރެވިއެވެ. މިހާދިސާގައި މިހާތަނަށް ފަސްމީހަކަށް އަނިޔާވެ ގިނައަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު ބަޔެއްފަރާތްތައް ވީނުވީތަނެއް ނޭންގިވަނީ ގެއްލިފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައި ނުވާއިރު އަލިފާން ރޯވި ތެޔޮސާފުކުރާ ކާރުހާނާއަކީ ޖާވާގެ ހުޅަނގު ޕްރޮވިންސުގައިވާ ކާރުހާނާއެކެވެ.

އަލިފާން ރޯވި ތެޔޮސާފުކުރާ ކާރުހާނާ ކައިރީ ދިރިއުޅޭ ފަރާތްތަކާއި ހާވާލާދީ އިންޑޮނޭޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލިފާން ރޯވުމުގެ ކުރިން ވަރަށް ގަދަޔަށް ތެޔޮވަސްވަނީ އެސަރަހައްދުން ދޮވައިފައެވެ.

މިލިޔުން ކިޔާލުމުން
117
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ