"ކައި"ގެ އުފަންދުވަސް ފާހަގަކުރީ ބްރިޖް ހަލީފާގައި!

ރާއްޖޭގެ ގިނަބަޔަކު މެދުގައި އެންމެ މަޤުބޫލު މޮޑެލްގޮތުގައި ފާހަގަވެފައިވާ ފާތިމަތު ޒަޔަން ނުވަތަ ކައިޒީންގެ ކޮންމެ ހަރަކާތަކީ އޭނާގެ ފޭނުން ބަލަމުންދާ ހަރަކާތެކެވެ.

މިގޮތުން އިއްޔެ އަކީ ކައިޒީންގެ އުފަންދުވަހަށް ވާއިރު، އޭނާގެ އުފަންދުވަސް މިފަހަރު ފާހަގަކޮށްފައި މިވަނީ ތަފާތު ގޮތަކަށެވެ.

އިއްޔެ ކައިޒީން ދުބާއީގައި  ފާހަގަކުރި އޭނާގެ އުފަންދުވަހުގެ، ތަފާތު ނަލަ ފޮޓޯތައް މިވަނީ ސޯޝަލް މީޑިއާއަށް މިހާރު ދޫކޮށްލާފެެވެ.

ތަފާތު ރީތި އަރަބި ގޮތަކަށް ހެނދުން އަޅައިގެން ހުރި ކައިޒީންގެ އުފަންދުވަސް މިވަނީ ކުލަގަދަކޮށް ބްރިޖް ހަލީފާގައި ފާހަގަކޮށްފައެވެ.

ރާއްޖޭގެ މަޝްހޫރް ޑިޒައިނާ ރިއްފަތުގެ ކަލެކްޝަން އިން ޑިޒައިން ކޮށްފައިވާ ރިހި ކުލައިގެ މިހެދުމުގައި ކައިޒީން ފެނިގެން ގޮސްފައިވާއިރު، ކައިގެ މަންމަވެސް ކައިގެ އުފަންދުވަހުގެ މިހަފްލާގައި ވަނީ ފެނިގެން ގޮސްފައެވެ. ކައިގެ ހެދުމާއި އެއްވަރަށް އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ކޭކްވެސް ވަރަށް ހިތްގައިމުވެފައި އެހާމެ ޗާލެވެ.

ކައިިޒީން އަކީ ރާއްޖޭގައި އެންމެ ނަން ހިނގާ މޮޑެލްއެވެ. މަޝްހޫރު ބްރޭންޑްތައް އޭނާ ވަނީ ޕްރޮމޯޓްކޮށްދީފައެވެ. އަދި އޭނާ އިންސްޕިރޭޝަންއެއްގެ ގޮތުގައި ބަލައިގެން ގިނަ ބަޔަކު އޭނާއަށް ފޮލޯކުރަމުން ދެއެވެ.

މިލިޔުން ކިޔާލުމުން
1554418
ގުޅުންހުރި ލިޔުންތައް

2 Responses

  1. ކޮބާ

    ބަޔަކައް މޮލުމީހަކައް ވިޔަސް އެއްވެސްމޮލު މީހެއްނޫންތި.

    16
  2. މާކަނާކަލޯ

    ތަފާތު ރީތި އަރަބިގޮތާކަށޯ ހެދުން ހުރީ. އަޅެ މީތިލިއުނު މީހާ ހޭބަލިވެފަބާ ހުރީ؟ މިކަހަލަ އަރަބި ހެދުމެއް ދައްކަބަލަ. ބޯހަލާކު

    18
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ