މިހާރު އެންމެ ބޭނުންވަނީ ސިޔާސީ ދާއިރާއަށް ނުކުންނަންކަމަށް ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން (ކައި) ބުނެފިއެވެ.
ޓެލެވިޒަން މޯލްޑިވްސްގެ މިވަގުތު ޕްރޮގްރާމްގައި އެންމެ އަދާކުރަން ބޭނުންވަނީ ކޮން ވަޒީފާއެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ކައިޒީން ބުނީ، މިހާރު އެންމެ ބޭނުންވަނީ ވިމެން އެމްޕަވަރމެންޓަށް މަސައްކަތްކުރުމަށް ކަމަށާއި، އެގޮތުން ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާކަމަށެވެ.
އަދި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެމީހަކާއެއްކޮށް ޑޭޓަކަށް ދާން އެންމެ ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އަދި ފަސްޓްލޭޑީ ފަޒުނާއާއެކުގައިކަމަށްވެސް ކައި ބުންޏެވެ. ކައި ބުނި ގޮތުގައި ރާއްޖޭގައި މިވަގުތު ހުރި އޭނާއަށް އެންމެ ކަމުދާ ސިޔާސީ ޝަޙުޝިއްޔަތަކީވެސް އީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.
މީގެއިތުރުން ކައިޒީން ބުނީ ކައި ސިންގަލް ނޫންކަމަށާއި، މިހާރު ހުރީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގައި ކަމަށެވެ.
"ވީއާ ވެރީ މަޗް އިން ލަވް." ކައިޒީން ބުންޏެވެ.
އަދި ކައިއަށް ކަމުދަނީ ވަރަށް ޕޭޝަންޓް އަދި ކޯޕަރޭޓިވް ފިރިހެނުންކަމަށްވެސް ބުންޏެވެ. މީގެއިތުރުން ކައި ބުނީ ލޯބި ޑިފައިން ކުރަން ނޭނގޭކަމަށާއި، ނަމަވެސް ލޯބިވެވުމުން އެމީހަކަށް އެނގޭނެކަމަށެވެ.
ދިވެހި ކެއުމަށާއި އިޓަލީ ކެއުން ކަމުދާ ކައި އަށް އެންމެ ކަމުދާ މޭވާއަކީ ޖެކްފުރުޓް ކަމަށްވެސް އޭނާ ބުންޏެވެ.
ތަފާތު މަސައްކަތުގައާއި އަމިއްލަ ބޭނުންތަކުގައި ތަފާތު ގިނަ ޤައުމުތަކަށް ދަތުރުކޮށްފައިވާ ކައި މިހާރު އެންމެ ދާން ބޭނުންވަނީ މޮރޮކޯއަށެވެ. ނަމަވެސް އެޤައުމަށް ދިއުމުގެ ފުރުޞަތު އަދި ނުލިބޭކަމަށްވެސް ކައި ބުންޏެވެ.
އަދި ރާއްޖޭގެ ވެރިކަން އެއްދުވަހަށް ކޮށްލަން ލިބިިއްޖެނަމަ ކުރާނެ މަސައްކަތަކީ ނިކަމެތިންނަށް އެހީތެރިވެދިނުންކަމަށްވެސް ކައި ބުންޏެވެ.
ރާއްޖެއަކީ ވަރަށް ރީތި މީހުން ގިނަތަނެއް ކަމަށް ބުނި ކައި ބޭނުންވީ އޭނާއަށް މިރާއްޖެއިން އެންމެ ރީތި މީހާ ސިއްރެއް ގޮތުގައި ބަހައްޓާށެވެ.
ކައިިޒީން އަކީ ރާއްޖޭގައި އެންމެ ނަން ހިނގާ މޮޑެލްއެވެ. މަޝްހޫރު ބްރޭންޑްތައް އޭނާ ވަނީ ޕްރޮމޯޓްކޮށްދީފައެވެ. އަދި އޭނާ އިންސްޕިރޭޝަންއެއްގެ ގޮތުގައި ބަލައިގެން ގިނަ ބަޔަކު އޭނާއަށް ފޮލޯކުރަމުން ދެއެވެ.




