ސިޔާސީ ދާއިރާއަށް ޝަޢުޤުވެރިކަން ފާޅުކުރިތާ ގިނަ އިރުތަކެއް ނުވަނީސް ކައިޒީންއަށް ޕީޕީއެމްގެ ދަޢުވަތު!

ސިޔާސީ ދާއިރާއަށް ވަންނަން ބޭނުންވާކަމަށްބުނެ އެދާއިރާއަށް ޝަޢުޤުވެރިކަން ފާޅުކުރިތާ ގިނަ އިރުތަކެއް ނުވަނީސް ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން (ކައި) އަށް އިދިކޮޅު ޕީޕީއެމްއާއި ގުޅުމުގެ ދަޢުވަތު ލިބިއްޖެއެވެ.

ޓެލެވިޒަން މޯލްޑިވްސްގެ މިވަގުތު ޕްރޮގްރާމްގައި އެންމެ އަދާކުރަން ބޭނުންވަނީ ކޮން ވަޒީފާއެއްތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން ކައިޒީން ބުނީ، މިހާރު އެންމެ ބޭނުންވަނީ ވިމެން އެމްޕަވަރމެންޓަށް މަސައްކަތްކުރުމަށް ކަމަށާއި، އެގޮތުން ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާކަމަށެވެ.

މި ޚަބަރު ރާއްޖޭގެ ނޫސްތަކަށް އަރަން ފެށިތާ ގިނައިރުތަކެއް ނުވަނީސް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުުވަނީ ކައި އަށް ޕީޕީއެމްއާއި ގުޅެން ދަޢުވަތު އަރުވާފައެވެ.

އެގޮތުން ޒާހިދު ކުރި ޓްވީޓެއްގައި ބުނީ، ޕީޕީއެމްގެ ދޮރި ހުރިހާ ޒުވާނުންނަށާއި ހުރިހާ އުމުރެއްގެ މީހުންނަށް ހުޅުވާލެވިފައިވާކަމަށާއި، އެގޮތުން ޕީޕީއެމް އޮތީ ކައިޒީންއަށްވެސް މަރުޙަބާ ކިޔަން ތައްޔާރަށް ކަމަށެވެ.

އެގޮތުން ސިޔާސީ އަދި އުމްރާނީ ގޮތުންވެސް ޤައުމާއި ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ބޭނުންވާ އެންމެންވެސް ޕީޕީއެމްއާއި ގުޅުމަށް ޒާހިދުވަނީ އެދިފައެވެ.

އެހެންކަމުން ކައިޒީން ޕީޕީއެމް އާއި ގުޅޭނެތޯ މިއީ މިހާރު ގިނަ ބަޔަކު ހިތުތެރޭގައި އޮންނާނެ ސުވާލެކެވެ. ނަމަވެސް މިދަޢުވަތާއި ގުޅިގެން ކައިޒީން އެއްޗެއް ބުނެފައެއް ނުވެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ގުޅިގެން ކައިޒީން ދަޢުވަތު ލިބިފައިވާއިރު، އިއްޔެ ޓީވީއަށް ދިން އިންޓަރވިއުއެއްގައި ކައި ބުނީ ރާއްޖޭގައި މިވަގުތު ހުރި އޭނާއަށް އެންމެ ކަމުދާ ސިޔާސީ ޝަޙުޝިއްޔަތަކީވެސް އީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްކަމަށާއި، އަދި ސިޔާސީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އެމީހަކާއެއްކޮށް ޑޭޓަކަށް ދާން އެންމެ ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އަދި ފަސްޓްލޭޑީ ފަޒުނާއާއެކުގައިކަމަށެވެ.

https://feshun.wonstasite.com/119689

މިލިޔުން ކިޔާލުމުން
42
ގުޅުންހުރި ލިޔުންތައް

3 Responses

  1. Rty

    Kaizeen avahah ppm aagulhilahvaa musthagubal othee ppm ga

  2. Bulbul

    Thi party ge ijthimaare feyraan thi hafus vi.

  3. ސޯލިހުބެ

    މި ކަނބުލޮގެ ދޮރާށި މިހާރު މިހިރީ ހުޅުވާލާފަ. ހަމަ ބިޑު ކުރަންވީ. މިހާރު އެކަމަކު އޮފުކެނޑިއްޖެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ