އެއްވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބުގައި މިވަގުތު ވާދަ ނުކުރާކަމަށް ރާއްޖޭގެ މަޝްހޫރު މޮޑެލް ކައިޒީން (ކައި) ބުނެފިއެވެ.
ކައިޒީން މިހެން ބުނެފައިވަނީ ކައިޒީންއާއި ގުޅުވައިގެން މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކާއި ގުޅިގެންގެންނެވެ.
އެގޮތުން ކައިޒީން ބުނީ، ސިޔާސީ ކަންކަމުގައި އުޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވިޔަސް، އެއްވެސް ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި މިވަގުތު ވާދަކޮށްފައެއް ނުވާނެކަމަށެވެ.
އަދި ކައިޒީންއާއި ގުޅުވައިގެން ސޯޝަލް މީޑިޔާގައި ފަތުރަމުންދާ ސިޔާސީ ވާހަކަތަކަކީ ޙަޤީޤަތަކާ ޚިލާފު ދޮގު މައުލޫމާތެއް ކަމަށްވެސް ކައިޒީން ބުންޏެވެ.
މީގެއިތުރުން ކައިޒީންވަނީ މިފަދަ މަޢުލޫމާތުތައް ނޫސްތަކާއި މީޑިޔާތަކުން ގެނެސްދޭއިރު ކަމުގެ ޙަޤީޤަތް ކަށަވަރު ކުރުމަށްފަހުގައި މެނުވީ ގެނެސްނުމަށް ހުރިހާ މީޑިޔާތަކަށް އިލްތިމާސްކޮށްފައެވެ.
ސިޔާސީ ދާއިރާއަށް ނުކުންނަށް ބޭނުންވާކަން ކައިޒީން ދާދިފަހަކުން ހާމަކޮށްފައިވަނީ ޓެލެވިޒަން މޯލްޑިވްސްގެ މިވަގުތު ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ. އެޕްރޮގްރާމްގައި ކައިޒީން ބުނީ، އޭނާ މިހާރު އެންމެ ބޭނުންވަނީ ވިމެން އެމްޕަވަރމެންޓަށް މަސައްކަތްކުރުމަށް ކަމަށާއި، އެގޮތުން ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާކަމަށެވެ.
ކައި ބުނި ގޮތުގައި ރާއްޖޭގައި މިވަގުތު ހުރި އޭނާއަށް އެންމެ ކަމުދާ ސިޔާސީ ޝަޙުޝިއްޔަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ. ނަމަވެސް ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވަނީ ވަކި ޕާޓީއަކާއި ގުޅިގެން ކަމެއް ކައިޒީން ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ކައިޒީން ސިޔާސީ ދާއިރާއަށް ޝަޢުޤުވެރިކަން ފާޅުކުރިތާ މާގިނައިރުތަކެއް ނުވަނީސް އިދިކޮޅު ޕީޕީއެމްއާއި ގުޅުމަށް ދަޢުވަތު ދީފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
https://feshun.wonstasite.com/119689




