ސަމާލުވޭ، ޖަރާސީމުން ތަގައްޔަރުވެފައިވާ ޗީޒް ބެޗެއް ރާއްޖޭއަށް ދައުރުވަނީ!

ޖަރާސީމުން ތަގައްޔަރުވެފައިވާ ޗީޒް ބެޗެއް ރާއްޖޭއަށް އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ، ލިސްޓީރިއާ މޮނޯސައިޓޯޖީންސް' (Listeria monocytogens) ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުޞަތު އޮތް އުފެއްދުމެއް ކަމުގައިވާ ފުރަންސޭސި ވިލާތުގެ ބެޗެއްގެ ޗީޒު ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (RASFF) އިން އަންގާފައިވާ ކަމަށެވެ.

މިއެލާޓާ ގުޅިގެން މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސް ގެ މިންވަރު ބެލުމުގެ މަސައްކަތް މިއޮތޯރިޓީން ދަނީ ކުރަމުން ކަމަށާއި ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަރަންސޭސި ވިލާތުގެ ތިރީގައިވާ މަޢުލޫމާތު ހިމެނޭ ބެޗުގެ ޗީޒު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ އޮތޯރިޓީގެ ނަންބަރު 7603204 / 3014361 ފޯނަށް ގުޅުމަށް ވެސް ވަނީ އެދިފަ އެވެ.

މިލިޔުން ކިޔާލުމުން
541194
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ