އެމްއެފްޑީއޭގެ އޮފީސް. ފޮޓޯ: މިއަދު

އެންޓިބަޔޮޓިކެއްގެ ފޭކް ބެޗެއް ދައުރުވަނީ، ސަމާލުވާން އަންގައިފި

އެންޓިބަޔޮޓިކެއްގެ ފޭކް ބެޗެއް ދައުރުވާތީ ސަމާލުވާން އަންގައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އެދިފައިވަނީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ މެކްސްހީލް ފާމަސޫޓިކަލް އިން އުފައްދާފައިވާ އެންޓިބަޔޮޓިކެއްގެ ފޭކް 4 ބެޗެެއް ދައުރުވަމުންދާތީ ސަމާލުވުމަށެވެ.

އެމްއެފްޑީއޭ އިން ބުނެފައިވަނީ، އެ ކުންފުނިން އުފައްދާ އެންޓިބަޔޮޓިިކެއް ކަމަށްވާ އެމޮކްސިސިލިން (ހީލްމޮކްސީ) ކެޕްސޫލްގެ ފޯލްސިފައިޑް 4 ބެޗެއް، ކެމަރޫންގެ އިތުރުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ދައުރު ވަމުންދާ ކަމަށް ދުނިޔެޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޗްއެޗްއޯ) އިން އެލާޓް ކޮށްފައިވާ ކަމަށެވެ.

އަދި އެ ޖަމިއްޔާގެ އެލާޓާއި ގުޅިގެން ބެލިބެލުމުން، މިބޭހުގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ނަމަވެސް، އިންޑިއާ އަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެދިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ