ވެރިރަށް މާލޭގައި މިރޭވެސް މާރާމާރީއެއް ހިންގައިފިއެވެ.
ދެގްރޫޕެއްގެ ދެމެދުގައި ހިންގި މިމާރާމާރީ ހިންގާފައިވަނީ އައިޖީއެމް ހޮސްޕިޓަލް ކައިރީގައެވެ.
ފުލުހުން ވިދާޅުވީ، އައިޖީއެމްއެޗް ކައިރީ ދެގްރޫޕެއްގެ ދެމުގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިރޭ 18:39 ހާއި ފުލުހުންނަށް ރިޕޯރޓްކޮށްފައިވާކަމަށެވެ.
އަދި މިމާރާމާރީއާއި ގުޅިގެން 2 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އެއީ އުމުރުން 18 އަހަރުގެ ދެ ފިރިހެނުންނެވެ.
މިމާރާމާރީއާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
މާލޭގައި ދެ ގްރޫޕެއްގެ ދެމެދުގައި މިރޭ މާރާމާރީއެއް ހިނގިއިރު، ރޭވެސްވަނީ މާލޭގައި މާރާމާރީއެއް ހިންގާފައެވެ. އެމާރާމާރީގައި އުމުރުން 14 އަހަރުގެ ކުއްޖެއްގެ ބޯ ވަނީ ފަޅާލާފައެވެ. އެމާރާމާރީ ހިންގާފައިވަނީ ޓެކްސީއެއްގައި އެކުއްޖާ ދަނިކޮށް މަޖީދީމަގު، މާވެޔޮ މަގު ގުޅުނު ހިސާބުން އެޓެކްސީ ހުއްޓުވުމަށްފަހުގައެވެ.
މާލޭގައި ހިންގި މާރާމާރީއެއްގައި ކުޑަ ކުއްޖެއްގެ ބޯ ފަޅާލައިފި