މާލޭ ސިޓީގެ މޭޔަރކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކެއްޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރަށް ތާޢީދު ކުރައްވާކަން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސަ ހާމަކުރައްވައިފިއެވެ.
ރީކޯ މިކަން ހާމަކުރައްވާފައި ވަނީ ރޭ ސަންގް ޓީވީން ގެނެސްދިން ވައަތު ސަންގް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރީކޯ ވިދާޅުވީ މާލޭ ސިޓީގެ މޭޔަރުކަން އެބޭފުޅާ މިފަހަރު ބޭނުން ވަނީ މާލޭ ސިޓީގައި މީގެ ކުރިން ހަރަކާތްތެރި ނުވާ އާ މީހަކަށް ދޭންކަމަށާއި އަދި ސަރުކާރުގެ ބާރުތަކާއި އެކީގައި ކަންތައްތައް ކުރެވޭނެ ގޮތުގެ މަތިން ރީކޯ ތާޢީދު ކުރައްވާނީ އަނަސްއަށް ކަމަށެވެ.
ރީކޯ އެމްޑީޕީގެ ކެނޑިޑޭޓް އަނަސްއަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައިވާއިރު، ރައީސް ޔާމީންގެ ސަރުކާރުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއަކަށް ރީކޯ ހުންނެވިއިރު، އެމްޑީޕީގެ ތްރީލައި ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށް ރީކޯ ވަނީ އެމްޑީޕީ އިން ވަކިކޮށްފައެވެ.
އެމްޑީޕީ އިން ވަކި ކުރުމާއި ގުޅިގެން ރީކޯ ފަހުން ގުޅިވަޑައިގެންފައިވަނީ ޕީޕީއެމްއާއެވެ. އަދި ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ކެމްޕެއިން ކޮށްދެއްވުމަށް ރީކޯ ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ރީކޯ ފަހުން ވަނީ ޕީޕީއެމް އިންވެސް ވަކިވެވަޑައިގެންފައެވެ.
އޭގެ ފަހުން ރައީސް އިބްރާޙީމް މުޙައްމަދު ޞަލިޙްގެ ސަރުކާރަށް ތާޢީދު ކުރައްވާ ރީކޯ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފައިވެއެވެ.
މީގެ އިތުރުން ރީކޯ ވަނީ އެމްޑީޕީ މެމްބަރުން އެބޭފުޅާ އެ ޕާޓީއާއި ގުޅިލައްވަން ބޭނުންފުޅު ވާނަމަ އެމްޑީޕީއައި ގުޅެން ތައްޔާރަށް ހުރިކަންވެސް ހާމަ ކުރައްވާފައެވެ.
އަނަސްއާއެކު މާލޭ ސިޓީގެ މޭޔަރ ކަމަށް ދެން ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން މާލޭސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްޙާން ފަހުމިއެވެ.





2 Responses
ތިރީކޯ ތީ ދެކޮޅަށް ދުވާއިއްސައެއް ވ ހީވެ ތިއުޅެނީ އަނަސް އަށް ލަނޑެއް ދޭންހެން
ލަނޑާވާނީ ލަނޑަޔާ ޖާހިލުން..