އިންޑިއާއި ދެކޮޅަސް ކުރާ ކަމަކުން އިންޑިއާގައި އުޅޭ ދިވެހިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރީކޯ ވިދާޅުވީ ދިވެހިންގެ ފުދޭވަރެއްގެ އާބާދީއެއް އިންޑިއާގަ ދިރިއުޅޭއިރު މިތާނގެބަޔަކު ކުރާކަމަކުން މިގައުމުގެ ބަޔަކަށް އިންޑިއާގަ ދަތިތަކާ ކުރިމަތިލާންޖެހުން އެއީ ޤާނޫނު އަސާސީން އެމީހުނަށް ލިބޭޙައްގަށް އަރައިގަތުންކަމަށާއި، އެހެންކަމުން ސަރުކާރު ވައްޓާލުމަށް އެހެން ވާހަަކަ ތަކެއް ދެއްކުން ރަނގަޅުކަމަށެވެ. .
ރީކޯ ވިދާޅުވީ ނިމިދިޔަ ޕީޕީއެމް ވެރިކަމުގައި އެމްޑީޕީގެބައެއް މީހުން ޗައިނާއަށް ރައްދުވާގޮތަށް އެއްޗެހިކިޔުމުން އޭރު މަޖްލީހުގަވެސް އެބޭފުޅާ އެކަމާ ދެކޮކޮޅަށް ވަކާާލާތުކޮށްފައިވާނެކަމަށާއި، އިންޑިއާއަށްވެސް ޒާތީވެގެން އެއްޗެހި ގޮވުން ރަނގަޅުނޫންކަމަށެވެ.
"މިއަދުވެސް މިދަންނަވަނީ އިންޑިއާ އަށްވެސް ޒާތީވެގެން އެއްޗެތި ގޮވުން ރަނގަޅެއްނޫން. ވިސްނަވާ!" ރީކޯ ވިދާޅުވިއެވެ.
ސަރުކާރު ވައްޓަން ދައްކަން އެހެން ވާހަަކަ ތަކެއް ރަނގަޅީ ދިވެހިންގެ ފުދޭވަރެއްގެ އާބާދީއެއް އިންޑިއާގަ ދިރިއުޅޭއިރު މިތާނގެބަޔަކު ކުރާކަމަކުން މިގައުމުގެ ބަޔަކަށް އިންޑިއާގަ ދަތިތަކާ ކުރިމަތިލާންޖެހުން އެއީ ޤއ އެމީހުނަށް ލިބޭޙައްގަށް އަރައިގަތުން،
— Moosa Maniku (Reeko) (@ReekoMoosa) July 4, 2021
ރީކޯ ވިދާޅުވީ 3 ނޮވެމްބަރުގެ އުދުވާނީ ހަމަލާއަށްފަހު އިންޑިއާ ސިފައިން ރާއްޖެއިން ދިޔައީ ހަތިޔާރާއެކު ރާއްޖޭގައި އެތަށްދުވަހަކު ތިބުމަށްފަހުކަމަށާއި، ދިވެހިން އެމީހުނާ ހަނގުރާމަކޮށްބޭލީ ނޫންކަމަށެވެ. އަދި 2010 ގައި ހެލިކޮޕްޓަރު ހިފައިގެންއިންޑިއާ ސިފައިން ރާއްޖެ އައީވެސް ސަރުކާރުގެ ހުއްދަ އޮވެގެން ކަމަށް ވިދާޅުވެ ރީކޯ ވިދާޅުވީ އެއިރުއްސުރެ ލ ގަމުގަ އިންޑިއާ ސިފައިން ތިބޭކަމަށެވެ.
ރީކޯ މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފަލުންދާ ދުވަސްވަރެއްގައެވެ.




