ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގެންގުޅުއްވި ފިކުރަށް އެމްޑީޕީ ރުޖޫޢަނުވުމަށް އެޕާޓީގެ ކުރީގެ ޗެއަރ ޕާސަން ރީކޯ މޫސަ ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ރީކޯ ވިދާޅުވީ އެމްޑީޕީ އަކީ ހައްޔަރުކޮށް ޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އެބޭފުޅުން އުފެއްދި ޕާޓީއަކަށްވާއިރު 16 އަހަރު ވެރިކަންކުރެއްވުމަށްފަހު މައުމޫނު ގެންގުޅުއްވި ފިކުރަށް އެޕާޓީ ރުޖޫޢަނުވުމަށެވެ.
އެގޮތުން ގިނަދުވަހު ޖަލުގައި އުޅުމަކީ ތިމާ ބަދަލުވާންޖެހޭ ސަބަބެއެއްނޫންކަމުގައި ރައީސް ނަޝީދަށް އިޝާރާތްކުރައްވައި ރީކޯ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޑިއަރ @MohamedNasheed އެމްޑީޕީ އަކި ހައްޔަރުކޮށްޖަލަށްލާ އަނިޔާކުރުމާ ދެކޮޅަށް އަޅުގަނޑުމެން އުފެއްދި ޕާޓީއަކަށްވާއިރު 16އަހަރު ވެރިކަންކުރެއްވުމަށްފަހު މައުމޫނު ގެންގުޅުއްވި ފިކުރަށް ތިޕާޓީ ރުޖޫޢަނުވާށެވެ، ގިނަދުވަހު ޖަލުގާ އުޅުމަކީ ތިމާ ބަދަލުވާންޖެހޭސަބަބެއެއްނޫނެވެ
— Moosa Maniku (Reeko) (@ReekoMoosa) June 27, 2021
ރީކޯ މިފަދައިން ވިދާޅުވެފައި މިވަނީ އެއްފަހަރާ ގިނަ ބަޔަކު ހިފައި ހައްޔަރުކުރަން މިއަދު ސަރުކާރަށް ޖެހިފައިވާކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން ޖަރުމަނު ވިލާތުގައި އިންނަވާ "އެމްޑީޕީ ހަރުގެ ކްލަބް ހައުސް" މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމު ސަލާމަތްކުރުމަށް ރައީސް ސާލިޙް ނިކުންނަވަންޖެހޭ ވަގުތު އައިސްފިކަމަށާއި ފަހަތު ފަޔަށް ބުރަ ނުވެ އެކަން ކުރެއްވުމަށެވެ.
ނަޝީދު ވިދާޅުވީ، ނުރައްކާތެރި ބަޔަކު ހިފައި ހައްޔަރު ކުރަން ވަކާލާތު ކުރަން ޖެހިދާނެ ކަމަށް ދުވަހަކުވެސް އުއްމީދު ނުކުރައްވާ ކަމަށާއި ނަމަވެސް އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރެއްވުމުގައި ދެމިހުންނަވާނެކަމަށެވެ.
މި ބައްދަލުވުމުގައި ނަޝީދު ވަނީ ހަމަޖެހޭ އުސޫލުތަކެއްގެ ތެރެއިން ރާއްޖެއަށް ކުރިމަތިވެފައި އޮތް ނުރައްކަލުން އަރައިގަތުމަށްޓަކައި ނުރައްކާތެރި މީހުން ހަމަ ކުއްލިއަކަށް ހިފައި ހައްޔަރު ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.





2 Responses
ހައްލުވާނީ،، ގައްދާރުން،، ހައްޔަރުކޮށްގެން،،،
100 މޫސާވިޔަސް ތިޔަވިދާލުވީމިޤަރުނުގަވެސް ސިޔާސީއެއްވެސްބޭފުލަކައްވެސްނުވިސްނި އަދިނޭގިގންނަ މަވެސްނުބުނެވޭވަރުގެވަރުގަދަ ހަގީގީ ތެދުވާހަކަފުލެއް މޮލުވާހަކައެއް އެ މްޑީޕީ 30 އަހަރައްވެ ނި މިއްޖެ މަގޭތާއިދި