މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު - ފޮޓޯ: މަޖިލިސް

ރައީސްގެ އިސްތިއުފާއަށް ގޮވާ މެމްބަރުން ވަގުތުން އެމްޑީޕީން ވަކިކުރަންޖެހޭ: ރީކޯ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވާ މެމްބަރުން ވަގުތުން އެމްޑީޕީން ވަކިކުރަން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

ރައީސް ސާލިޙް ޓެގްކުރައްވާ ރީކޯ މޫސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ސަރުކާރާއި އިދިކޮޅަށް ތެދުވެ، ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވާ ޕާޓީގެ އުޞޫލްތަކާއި ޚިލާފުވާ މެންބަރުން ވަގުތުން ޕާޓީން ވަކިކުރަން ޖެހޭކަމަށެވެ.

"މީގެކުރިން އެމްޑީޕީ މެންމަރުންނާ މެދު ޢަމަލުކޮށްފައި ހުރީ މިޢުޞޫލުން. މިކަން ނުކޮށްފިނަމަ އިންސާފާ ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވާނެ." މޫސަގެ ޓްވީޓުގައި ވެއެވެ.

މޫސަ މިހެން ވިދާޅުވެފައިމިވަނީ ކެބިނެޓް އުވާލައި ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލާފައިވަނިކޮށެވެ.

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ބޮންޑޭވަނީ މި އިސްލާހަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެހެން ދިމާލަކަށް މިސްރާބު އަނބުރާލުމަށް ރާވާފައި އޮތް އެއްޗެއްކަމަށް ތުޙުމަތުކޮށްފައެވެ. އަދި މިސްރާބު އަނބުރާލުމަށް މި ބިލު ހުށަހަޅާފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވައި ކެބިނެޓް އުވާލުމަށް ބޮންޑޭވަނީ ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ