ރެއަލްމެޑްރިޑުން މިހޫނު މޫސޫމުގެ ޓްރާންސްފާގައި އެކުޅުންތެރިއަކަށް އެންމެ ބޮޑަށް ފާރަލަމުންދިޔަ ބެލްޖިއަމްގެ އޭޑަން ހަޒާޑު ރަސްމީކޮށް ދައްކާލައިފިއެވެ.
ސަންޓިއާގޯ ބާނަބޯގައި ކުރިއަށްދިޔަ މިކުލަ ގަދަ ރަސްމިއްޔާތުގައި ރެއަލްމެޑްރިޑްގެ 50 ހާހެއްހާ ސަޕޯޓަރުންވަނީ ބައިވެރިފައެވެ.
ރެއަލްމެޑްރިޑްގެ ރައީސް ޕެރޭޒްވެސް ބައިވެރި މިރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހުނަރުވެރި ތަފާތު ކުޅުންތެރިއަކު މިއަދު ރެއަލްމެޑްރިޑާއި ގުޅިފައިވާއިރު މިއީ ކްލަބަށް ވަރަށް ޚާއްސަ ދުވަހެއްކަމަށްވަނީ ބުނެފައެވެ.

" މިއަދު ރެއަލްމެޑްރިޑުން މިމަރުޙަބާ ކިޔަނީ ދުނިޔޭގެ މޮޅެތި ކުޅުންތެރިންތަކުގެ ތެރެއިން ކުޅުންތެރިއަކަށް. އެއީ އޭޑެން ހަޒާޑު. ހަޒާޑުގެ ބުރަ މަސައްކަތާއި ހުނަރު ދެކިލާ ހިތުން މިހުރީ ކެތްމަދުވެފައި " ޕެރޭޒް ބުންޏެވެ.
އެންމެ ކުޑައިރުންސުރެވެސް ރެއަލްމެޑްރިޑަށް ކުޅުމުގެ ހުވަފެން ދެކެމުން އައި ހަޒާޑު އަލަށް ގުޅުން ކްލަބާއެކު ( ރެއަލްމެޑްރިޑް ) ކުޅެން މިހާރުވެސް ހުރީ ކެތްމަދުވެފައިކަމަށާއި ރެއަލްމެޑްރިޑާއެކު ގިނަ ތަށިތަކެއް ކާމިޔާބު ކުރުމުގެ އުންމީދުގައި ހުރިކަމަށްވެސް ހަޒާޑު މިރަސްމިއްޔާތުގައިވަނީ ބުނެފައެވެ.
?? "Hey guys! This is for you, all of you!"#WelcomeHazard | #HalaMadrid pic.twitter.com/MyiGnETXj2
— Real Madrid C.F. ???? (@realmadriden) June 13, 2019
ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ހަޒާޑު އެކްލަބާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 30 ޖޫން 2024 އަށެވެ.



