ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ވޯޓު ކަރުދާސްތައް ހުންނާނެ ގޮތް އާންމު ކޮށްފިއެވެ.
އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ތަފާތު ހަތަރު ވައްތަރެއްގެ ވޯޓު ކަރުދާސް އާންމުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ރަށުގެ އާބާދީ 3000 އަށްވުރެ މަދު ރަށްރަށުގެ ވޯޓު ކަރުދާހާއި، ރަށުގެ އާބާދީ 3000 އަށްވުރެ ގިނަ ރަށްރަށުގެ ވޯޓު ކަރުދާހާއި، މާލެ/އައްޑޫ/ފުވައްމުލަކު ސިޓީގެ ވޯޓު ކަަރުދާސް އެކުލެވިގެންވާ ގޮތް އަދި ކުޅުދުއްފުށި ސިޓީ ވޯޓު ކަރުދާސް ހުންނާނެ ގޮތެވެ.
Vote karudhaahuge thafaathu sample layout pic.twitter.com/REeTcGSwi9
— Ahmed Shareef (@ShareefRangondi) April 3, 2021
މީގެއިތުރުން ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ކޮންމެ ވޯޓު ކަރުދާހެއްގައި ޚާއްސަ ތައްގަނޑެއް ޖަހާނެ ކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ހާމަކޮށްފައެވެ. ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވީ، މި ތައްގަނޑަކީ މީގެ ކުރިން އިލެކްޝަނުން ބޭނުންކުރާ ތައްގަނޑެއް ނޫން ކަމަށާއި، މިއި ޚާއްސަކޮށް އިންތިޚާބަށް ބޭނުންކުރާ ތައްގަޑެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް 10 ވަނަ ދުވަހެވެ.



