މޮނިޓަރިންގައި އޮތް ރަށްތަކަށް ވެސް ވޯޓު ލާން ދެވޭނެ

މޮނިޓަރިންގައި އޮތް ރަށްތަކަށް ވެސް ވޯޓު ލާން ދެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ވިދާޅުވެެއްޖެއެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން އެއް ރަށުން އަނެއް ރަށުން ވޯޓުލުމަށް ދިިއުމުގެ ހުއްދަ ދޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައިވާކަމަށާއި، އަދި މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށްވެސް ރަށު ޓާސްކް ފޯސް އާއި ގުޅިގެން ހަމައެކަނި ވޯޓު ލުމަށް ހުއްދަ ލިބޭނެކަމަށެވެ.

ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، 16 ރަށެއް މިވަގުތު މޮނިޓަރިންގގައި އޮތްއިރު، އެރަށްތަކަކީ ދ.ކުޑަހުވަދޫ، ދ.މީދޫ، ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ރ.މަޑުއްވަރި، ހުޅުދުއްފާރު، ޅ.ނައިފަރު، ޅ.ހިންނަވަރު، ރ. އަލިފުށި، ގދ.ތިނަދޫ، ޅ.އޮޅުވެލިފުށި، ނ.ހޮޅުދޫ، ރ.މާކުރަތު، ޅ.ކުރެންދޫ އަދި ށ.މަރޮއްޓެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ މިހިނގާ އެޕްރީލް 10 ވަނަ ދުވަހެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ