އެމްޕީއެލް އެކްސިޑެންޓްގައި ނިޔާވި އިމްރާންގެ ނަމުގައި ނޮޅިވަރަމަށް އެހީތެރިކަން!

މާލޭ ވިޔަފާރި ބަނދަރުގައި ހިނގި އެކްސިޑެންޓްގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28އ، ގެ ނަމުގައި ނޮޅިވަރަމަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މަރްޙޫމް ޢިމްރާން ޢަލީގެ ނަމުގައި އާއިލާގެ ފަރާތުން ކުރާ ޞަދަޤާތެއްގެ ގޮތުގައި ނޮޅިވަރަމް ސުކޫލަށް ވަނީ 55 އިންޗީގެ 6 ޓީވީ ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން މަރްޙޫމް ޢިމްރާން ޢަލީގެ ނަމުގައ ނޮޅިވަރަމް ހެލްތް ސެންޓަރަށްވެސް އައިލާގެ ފަރާތުން ވަނީ ތަކެތި ހަދިޔާކޮށްފައެވެ. އެގޮތުން އެރަށު ހެލްތް ސެންޓަރަށް 2 އޮކްސިޖަން ކޮންސެންޓްރޭޓަރ ހަދިޔާކޮށްފައިވެއެވެ.

މާތް ﷲ މަރްޙޫމްގެ ކަށްވަޅު ތަނަވަސްކޮށްދެއްވައި، ފާފަ ފުއްސަވައި ހެޔޮ ރަޙުމަތް ލައްވާށިއެވެ.

އިމްރާން ނިޔާވެފައި ވަނީ ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއްގެ ދަށުވެ، ލިބުނު ސީރިއަސް އަނިޔާތަކަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާދެމުންދަނިކޮން، 17 ފެބުރުވަރީ 2021 ގައެވެ.

https://feshun.wonstasite.com/113085

ޢިމްރާނަށް އަނިޔާވި މި ހާދިސާ ހިނގާފައި ވަނީ 2021 ފެބުރުވަރީ 5 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައެވެ. އެއާއެކު ޢިމްރާނަށް ފަރުވާދޭން ފަށާފައިވަނީ އައިޖީއެމް ހޮސްޕީޓަލުންނެވެ. މިހަދިސާގައި އޭނާ އަށް ވަނީ ވަރަށް ބޮޑެތި ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް އިމްރާން ބަދަލުކުރީ 2021 ފެބުރުވަރީ 15 ގައެވެ.

މިހާދިސާ ހިނގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންވެސް އެ ބަނދަރުގައި ބިއްލޫރި ޕަލެޓެއް ދަށުވެ ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މީހަކު ނިޔާވެފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ހިނގި މި ނުރައްކާތެރި ދެ ހާދިސާ ހިނގުމުގައި އެކުންފުނީގެ އިހުމާލު އޮތްކަމަށް ދެކި، އިހުމާލުވީ ފަރާތްތަކާމެދު ޖިނާޢީ ތަޙުގީގެއް ހިންގުމަށް ފުލުހުންނަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށަފައެވެ.

މިލިޔުން ކިޔާލުމުން
32
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ