އެމްޑީޕީއިން ވެރިކަމާއި މަޖިލީހަށް ވީ ވަޢުދުތަކުގެ ތެރެއިން އެއް ޕަސެންޓްވެސް ނުފުއްދޭކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެމްޑީޕީ އިން ދަނީ ކައުންސިލް އިންތިޚާބަކީ އެ ޕާޓީއަށް ވަރަށް މުޙިންމު އިންތިޚާބެއްކަމަށް ވިދާޅުވަމުންނެވެ.
އެގޮތުން އެޕާޓީގެ ވަޢުދުތައް ފުއްދުމަށާއި، ލާމަރުކަޒީ ނިޒާމްގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިއްބައި ދިނުމަށް ކައުންސިލް އިންތިޚާބުގެ ގޮނޑިތައް އެމްޑީޕީއަށް ބޭނުންވާ ކަމުގައި އެޕާޓީން ވިދާޅުވެއެވެ.
އެމްޑީޕީން މިހެން ވިދާޅުވަމުން ދާއިރު، ޑރ. ޖަމީލް ވަނީ ރައީސް ޔާމީން އެޅުއްވި ފްލެޓް ހަވާލުކޮށް، ހޮސްޕިޓަލާއި މިސްކިތް 3 އަހަރުންވެސް ނުހުޅުވުނީ ކޮންބާރެއް ނެތިގެންތޯ ސުވާލު ކުރައްވާފައެވެ.
ވެރިކަމާއި މަޖިލީހަށް ވީ ވަޢުދު 1% ވެސް ނުފުއްދޭ. ރައީސް ޔާމީން އެޅުއްވި ފްލެޓް ހަވާލުކޮށް، ހޮސްޕިޓަލާއި މިސްކިތް 3 އަހަރުންވެސް ނުހުޅުވުނީ ކޮންބާރެއް ނެތިގެން؟ އެމްޑީޕީ ކައުންސިލަރުން/މޭޔަރުން އުޅުއްވަނީ ގޮނޑިދުއްވާ ފަރާތްތަކާއެކު ބިރަކާނުލާ މަޖާކުރަން. ސާފު ޗޮއިސްއަކީ ޕީޕީއެމް pic.twitter.com/kRZnL3QdJK
— Mohamed Jameel Ahmed (@MJameelAhmed) April 5, 2021
މީގެ އިތުން އެމްޑީޕީގެ ކައުންސިލްމެންބަރުންނަށް ފަޑު ވިދާޅުވަމުން ޖަމީލް ވިދާޅުވީ އެމްޑީޕީ ކައުންސިލަރުންނައި މޭޔަރުން އުޅުއްވަނީ ގޮނޑިދުއްވާ ފަރާތްތަކާއެކު ބިރަކާނުލާ މަޖާކުރަންކަމަށެވެ.
ޑރ. ޖަމީލް ގެންދަވަނީ ޕީޕީއެމް ހިމެނޭ ކޯލިޝަނަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އެޕާޓީއަށް ކެމްޕެއިން ކޮށްދެއްވަމުންނެވެ. އެގޮތުން ޖަމީލް ވިދާޅުވީ ސާފު ޗޮއިސްއަކީ ޕީޕީއެމްކަމަށެވެ.