ކޮވިޑާއެކު ކުޑަކުރި މުސާރަ އިއާދަނުކޮށް "މޯލްޑިވިއަން" އުދުހެނީ، މުވައްޒަފުން ރަތަށް!

ކޮވިޑް-19 ގެ ބަލާއާފާތާއެކު ދުނިޔޭގެ އިޤްތިޞާދު ހުއްޓުނުއިރު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެގެން އޮތް ދިވެހިރާއްޖޭގެ އިޤްތިޞާދުވެސް މުޅިންހެން ހުއްޓުނެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށް ތަރުޖިބާ ކުރަންޖެހި، އެކަމުގެ ހިތްދަތިކަން ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިއަދުވެސް ތަޖުރިބާކުރަމުންދާ އެއްބަޔަކީ ޤައުމީ އެއާލައިންގެ ހީވާގި މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކެވެ.

ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދުގެ ވިންދު ހުއްޓި، ބަދަލުވި ކަންކަން މިހާރު ވަނީ އިއާދަވާން ފަށާފައެވެ. ޤައުމުގެ އިޤްތިޞާދަށް ދިރުން އަންނާން ފަށައިފިކަމަށް ވަލިއްޔުލްއަމްރު އިބްރާހީމް މުޙައްމަދު ޞޯލިޙްވެސް ވިދާޅުވެއްޖެއެވެ. ލައްކައިން ފަތުރުވެރިން އަންނާން ފަށައި ފަތުރުވެރިކަމަށް ދިރުން އައިސް، އެތެރެއާއި ބޭރުގެ އުދުހުންތައް އެތައް ގުނައެއް އިތުރުވެއްޖެއެވެ. ބޮޑު އިންތިޚާބެއް ބާއްވަން ތައްޔާރުވެއްޖެއެވެ. އިތުރު އެއާޕޯޓްތައް ހުޅުވައި އިތުރު އުދުހުންތައް ފަށައިފިއެވެ. ހަމައެއާއެކު ސަރުކާރާއި އަމިއްލަ ކުންފުނިތަކުން މުވައްޒަފުންގެ މުސާރަ ކުޑަކުރިކުރުން ނިމުމަކަށް ގެނެސްފިއެވެ.

ހާލަތަށް ރިއާޔަތްކޮށް 6 މަސް ދުވަހަށްފަހު "ރިވިއު ކުރާނެކަމަށް" ބުނެ، މޯލްޑިވިއަންގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް 40-50 އިންސައްތަ ކަނޑާލުމުން އެ މުވައްޒަފުން އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ނަމަވެސް ހާލަތު ބަދަލުވެއްޖެއެވެ. ރާއްޖެއިން ބޭރުގެ އިތުރު ޑެސްޓިނޭޝަންތަކަށް ދަތުރުތައް ފެށުމަށް ޤައުމީ އެއާލައިނުން ތައްޔާރުވާން ފަށައިފިއެވެ. ކުޑަކުރި މުސާރަ ރިވިއު ކުރެވުނު ކަމަކަށް ނުވިއެވެ. މުސާރަ ކުޑަކުރަން ނިންމީ 15000 އިން މަތީގެ މުސާރަ ލިބޭ މުވައްޒަފުންނަށް ނަމަވެސް އެއަށްވުރެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިންވެސް ބޮޑެތި އަދަދުތަކުން ކަނޑައިފިއެވެ. މުސާރަ ކުޑަކުރުމަށް ނިންމީ 6 މަސް ދުވަހަށް ނަމަވެސް، އެ ހަމަސް ދުވަސް ހަމަވިއިރުވެސް ރިވިއު ނުކުރެވުނެވެ.

މުވައްޒަފުންގެ ބަހެއް ނެތި އެ މުވައްޒަފުންގެ ކޮންޓްރެކްޓުގެ މުސާރަ ހިމެނޭ ޕޭޖް އެމެންޑްކޮށް ކުޑަ މުސާރަ ދެމުންއެދަނީއެވެ. ކޮންޓްރެކްޓަށް ގެންނަ ބަދަލު 30 ދުވަސް ކުރިން މުވައްޒަފުންނަށް އަންގަންޖެހޭއިރު، މުސާރަ ކުޑަކުރިކަން އެންގީ އެންމެ 3 ދުވަސް އޮއްވައެވެ. މިހިސާބަށް ކަންކަން ދިޔައިރުވެސް ޤައުމީ އެއާލައިނުގެ މުވައްޒަފުން މިކަންކަމުގެ ޝަކުވާ ކޮށްފައެއް ނެތެވެ. ނަމަވެސް މިކަންކަމާ ގުޅިގެން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި ޖަވާބުދާރީވުމަށް މޯލްޑިވިއަންގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ނުކުޅެދުމާއެކު މުވައްޒަފުން މިވަނީ ކަންބޮޑުވުންތައް "ފެށުމާއި" ހިއްސާކޮށްފައެވެ.

"ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާމެދު ވަރަށް ބޮޑަށް އިހުމާލުވެއްޖެ. އެމީހުން ފެއިލްވެއްޖެ. ޙާއްޞަކޮށް އެޗްއާރު ހަމަ ބޮޑުތަނުން ފެއިލްވެއްޖެ. މުވައްޒަފުންގެ އިހްސާސްތައް ދަންނަ ބަޔަކު ނޫޅޭ. ދެންވެސް މައްސަލަ ހައްލުކުރަން ނޫޅެ ބަލާނީ މިވާހަކަ ދެއްކި މީހަކު ހޯދައި، ބިރުދައްކައި، ވަޒީފާއިން ކަނޑާލެވޭތޭ." މުވައްޒަފުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުން މޯލްޑިވިއަންގެ މުވައްޒަފަކު ބުންޏެވެ.

ވައިގެ އުދުހުންތަކަށް ބަލާއިރު، މޯލްޑިވިއަންއިން ކަނޑާލި މުސާރަ އިއާދަ ނުކުރި ނަމަވެސް، ވާދަވެރި އެހެން އެއާލައިންތަކުން ކޮވިޑާއެކު ކުޑަކުރި މުސާރައިގެ 80-90 އިންސައްތަ އިއާދަކޮށްފިއެވެ. އެންމެ ގިނައިން އުދުހޭ ޤައުމީ އެއާލައިންގެ ފައިނޭންޝިއަލް ސްޓޭޓަސް ބަދަލުވިކަމަށް ކުންފުނިން ނުދެކޭތީވެ، މުސާރަ އިއާދަ ނުކުރެވުނު ނަމަވެސް، ހާލަތަށް އައި ބަދަލު ހަމަލޮލުން ބަލާލުމުންވެސް ދިވެހީންނަށް ފެނެއެވެ. ނަމަވެސް ކުންފުނީގެ ވެރިންނަށް ނުފެންނަނީ ކަމަށް ވުން އެކަށީގެންވެއެވެ.

މިކަމާއި ގުޅިގެން ސުވާލުކުރުމުން މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ކަމާގުޅޭ އިސްވެރިންނާއި މަޝްވަރާ ކުރެއްވުމަށްފަހު ބަހެއް ވިދާޅުވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް މިކަމާއި ގުޅިގެން މޯލްޑިވިއަންއިން ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ކޮވިޑް-19 އާއެކު އެންމެން ގެއަށް ވަދެ ދޮރުތައް ލެއްޕި ނަމަވެސް، ޤައުމީ އެއާލައިނުގެ މުވައްޒަފުން ނުކުތީ ޤައުމީ ޚިދުމަތަށެވެ. ފުރާނައަށްވެސް ފަރުވާލެއްނެތި ބަލި މީހުން އުފުލުމާއި، ވައިގެ މަގުން އަވަށްޓެރި ޤައުމުތަކުން ރާއްޖެއަށް އަސާސީ މުދަލާއި، އެކި ޤައުމުތަކުގައި ތާށިވެފައިތިބި ދިވެހީން އެތެރެކުރުމުގައި ރެއާއި ދުވާލު ގުރުބާންވިއެވެ. އެ ގުރުބާނީތަކުގެ އަގު އެ މުވައްޒަފުންނަށް އަދާކުރާންވީ ދުވަހު، "ނިކަމެތިކަމުގެ ރަހަ" ކަރުބުޑުގައި ލައްވާލުމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކަމުގެ ހިތި ސަރުކާރަށްވެސް ފެނުމަކީ ނުވެނުދާނޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
12157
ގުޅުންހުރި ލިޔުންތައް

16 Responses

  1. އަސަރޭ

    ހަމަ ތިގޮތަށް ބީއެމްއެލްވެސް 250 ޑޮލަރު ކަނޑައެޅި ގޮތަށް އަދިވެސް އެގޮތުގަ.

  2. ވޮއް ދޮންބެ

    ވޮއް ވޮއް ވޮއް ވޮއް ވޮއް ވޮއް ވޮއް ވޮއް ވޮއް ވޮއް

  3. ޖެމް

    ޓީކޭ މަގެންދޭ ޓީ އެމް އޭ އަށް. މަށަކަށް ނުވާނެ!

    • ޢާދަމް ޒުބެއިރު (މޭމް)

      އާރޓިކަލް ލިޔުނު ނޫސް ވެރިޔާއަށް މައުލޫމާތު ދިން ކުންފުނީގެ މުއައްޒިފު ހޯދާފަ އެބަޖެހޭ މެޖޯރިޓީއަށް ވައްޓާލަން. ކޮންމެ ކޮންމެ މީހަކަށް ނޫސްތަކުގަ ކުންފުނީގެ ވާހަކައެއް ނުދެއްކޭނެ.

  4. ދަލު ބޭރު

    ހަދަށް ދާންވީނު!!

  5. ސިބުނލު

    މަބުނީ ޓީކޭ ފޮނުވާލީ ! މަބުނީ މަބުނީ އެވެސް ގަދަކަމުން! މަބުނީ މަބުނީ ލޮޅް! ހައްހއްހައް

  6. ޓީކޭ

    ދޯ އިޝާންޓެ. އަހަރުމެން ދިޔަ ފަހުން ނުވޭ ކަމެއް. ހެއް ހެއް.

    • ކުޑާ

      ބައްޕާ އައީމާ އަހަރެން ވާ އުފާ އަންގަން ލޯބިން އަހަރެން ބޭނުމޭ!

  7. މަބޭ

    ބުރޯ! ނެތް އެއްޗެއް ނުދެވޭނެ ދޯ !

  8. ފަޓުލޫނު ހަމީދު

    ވާ އެއް ނުވާއެއް ނޭނގެ! އަދިވެސް މަށަށް ޗީފް ޕައިލެޓްކަން ދޭކަށް ނޫޅޭ!

    1
    1
  9. އިޝާންޓޭ

    މަދިޔަ ފަހުން ނުހިގާ ދޯ

  10. ޢަސަރޭ

    ޔާ ވރައިޓް

  11. އަސަރޭ

    ތިހެން ވަނީ ކުންފުނި ތެރޭގަ ކޯވިޑު ވައިރަސް އުޅޭތީވެ

  12. މޫރޮޅޭ

    މަންޓާ އެއާ އަދި މާ ޔަހޫދީ

    2
    1
  13. އަޙުމަދު

    ހިންދު ކަރާގެ މީހުންނަށް ސީޕްލޭން ދުއްވާ ގޮތްް ދަސްކޮށްދިނުމަށް ހައިދުރައާބާދަށް ޔާސިރު ކިޔާ ޕައިލެޓް އަކު ފޮނުވައި ފައި ބުރި ޚަބަރު ލިބޭ މިކަން ކިހިނެއްވާނެބާ؟

    1
    3
  14. އާދަމް ޒުބައިރު (މޭމް)

    މަގޭ ހަކުރާއި ޓޫތުޕިކާއި ވިއްކައިގެން ލާރި ލިބޭ. ކޮންބަލާއެއް ހެހެހެ

    4
    4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ