ނާޗަރަންގީ ކުޅެވޭނީ، ޤައުމެއް ނުހިންގޭނެ: ޢަލީ ރަމީޒް

ޤައުމު ނުހިންގޭނެކަމަށާއި ނަމަވެސް ނާޗަރަންގީ ކުޅެން އެނގޭނެކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒު ވިދާޅު ވެއްޖެއެވެ.

ޢަލީ ރަމީޒު މިހެން ވިދާޅުވެފައި މިވަނީ މާދަމާ ފެށޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕެއިނުގެ އެންމެ ފަހުގެ ހަރަކާތްތަކުގެ ފޯރިގަދަވެ، މުޅި ރާއްޖެ ހަލަބޮލިވެފައި ވަނިކޮށެވެ.

"ނާޗަރަންގީ ކުޅެވޭނީ، ޤައުމެއް ނުހިންގޭނެ. ޝައްކެތް ނެތް މިންވަރަން އެކަން ސާފު ވެއްޖެ." ޓްވިޓަރ މެދުވެރިކޮށް ޢަލީ ރަމީޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް ޢަލީ ރަމީޒުގެ މިބަސްކޮޅު އަމާޒުވަނީ ސީދާ ކޮން ޕާޓީއަކަށް ކަމެއް ސާފެއް ނުވިނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒަށް ޢަލީ ރަމީޒު ތާޢީދު ކުރައްވާފައިވާކަން މުއިއްޒުވަނީ ދާދިފަހުން ހާމަ ކުރައްވާފައެވެ.

އިންތިޚާބުގައި ވާދަކުރާ ހުރިހާ ޕާޓީ ތަކުންނާއި ކެނޑިޑޭޓުން މަގުތަކަށް ނުކުމެ، އަޑު ގަދަކޮށް ލަވަ ޖަހާ ތަޢީދު ހޯދުމަށް ތަފާތު ޙަރަކާތްތަކެއް މިހާރުވެސްދަނީ ހިންގަމުންނެވެ.

ލަވަ ކިއުމުގެ ދާއިރާއިން އެތަށް ދިވެހިންގެ ހިތްތަކެއް ކަތިލި ޢަލީ ރަމީޒަކީ މިހާރު މާތް ﷲ އަށްޓަކައި މިއުޒިކާއި އިންތިޙާއަށް ނަފުރަތުކުރާ މީހެކެވެ.

މާދަމާ ފެށޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3934 ކެނޑިޑޭޓަކު ވާދަކުރާއިރު، މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ.

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް

2 Responses

  1. faaris

    Theee dhen varah gaumu hingey meeheh dhw. Mudhinkamuge sanadunegeema dheenee bodu ilmuveriakah badhaluvaan jehey sababeh ulheulheves neygunu.

  2. ޖަޒޫ

    ނާޗަރަންގީ ކުޅެން ދަސް ކޮށްދީފަ އަރާ ބޭ* ކުރީގަ އިނީމަ އެވީ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ