ރާއްޖޭގެ ކުރީގެ މައްޝޫރު ލަވަކިޔުންތެރިއާ އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރުމަށްފަހު މިއަދު އަލުން އެ އެކައުންޓް ދީފިއެވެ.
އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓު ސަސްޕެންޑް ކުރި ސަބަބެއް ކަމުގައި ޓުވިޓާއިން ބުނެފައިވަނީ، ޓުވިޓާގެ ގަވާއިދުތަކާއި ހިލާފުވެފައިވާތީ ކަމަށެވެ.
އަލީ މިއަދު ބުނެފައިވަނީ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރުމުން، އެކައުންޓް އަލުން ހޯދައިދިނުމަށް ވަރަށް ގިނަ ބޭފުޅުން އެކި ގޮތްގޮތުން މަސައްކަތް ކޮށްދީފައިވާކަމަށާއި މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިފަހަކަށް އައިސް އަލީ ރަމީޒު މީސްމީޑިއާގައި އެންމެ ގިނައިން ވާހަކަދައްކައިފައިވަނީ އިޒްރާއިލް އަދި ފަލަސްތީނުގެ މައްސަލައިގައެވެ. މިގޮތުން ޓުވިޓާގައި އިޒްރާއިލްގެ އަމަލުތައް ކުއްވެރިކޮށް އަދި ފަލަސްތީނަށް ތާއީދުކޮށް ޓުވީޓުތައް ކޮށްފައި ވެއެވެ.
ޓުވިޓާއިން ދޭތެރެދޭތެރެއިން އެކި ގައުމުތަކުގެ ހައި ޕްރޮފައިލް ފަރާތްތަކާއިމެދު ފިޔަވަޅުތައް އަޅައެވެ. ހާއްސަކޮށް ނަފުރަތު އުފެދޭފަދަ ޓުވީޓުތައް ކުރާފަރާތްތަކާއި ދެކޮޅަށެވެ. ދިވެހިރާއްޖޭގައިވެސް ބަޔެއް ފަރާތްތަކުގެ ޓުވިޓާއެކައުންޓުތައް މީގެކުރިންވެސް ސަސްޕެންޑް ކޮށްފައި ވެއެވެ.





ހިޔާލު
Dhenves nafurathaa fasaadha ufahdhaa eiybaeh vanthakan nagaalan noolheyne kamah ummeedhu kuran.