މިސަރުކާރުގެ ލާދީނީ ކަންކަން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށާއި، ކުރިން ހީކުރި ވަރަށްވުރެވެސް މި ސަރުކާރުގެ މީހުން ނުބައިކަމަށް ސަލަފް ޖަމްއިއްޔާގެ މެންބަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގެ ސްކޫލުތަކުގެ ބައެއް ގްރޭޑް ތަކުގެ ޤްރުއާން އަދި އިސްލާމް ފޮތުގައި ސޫރަތްތަކުގެ އާޔަތްތައް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މި ކަމާއި ގުޅިގެން އަލީ ރަމީޒު ވަނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީގެ އިސްތިއުފާއަށްވެސް ގޮވާލައިފައެވެ.
އަލީ ރަމީޒް މިއަދު މީސްމީޑިއަގައި ކުރި ޕޯސްޓެއްގައި ބުނީ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ދަރިވަރުން ﷲ ވޮޑިކަންވާކަމާއިމެދު ޝައްކު އުފެއްދުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި މި ޖަރީމާ ހިންގާ މީހުންނަށް މީގެ އަދަދު ލިބެން ޖެހޭ ކަމަށް ބުނެ އަލީ ރަމީޒު ވަނީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން އިސްލާމް ދީނާ ދުރުކުރަން އެތައް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އަލީ ރަމީޒު ވަނީ ސަރުކާރަށް ތުހުމަތު ކުރައްވައިފައެވެ.
ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުން ކުރާ ގުރުއާނާއި އިސްލާމް ފޮތްތަކުގައި ލިޔެފައިވާ ޤްރުއާންގެ ބައެއް އާޔަތްތަކުގައި ކުށް އޮތީ ބަލަންވީވަރަށް ނުބެލުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، މި ފޮތްތަކުގައި ކުށް އެބަހުރިކަމަށެވެ. އަދި މި މައްސަލަ ފާހަގަކުރެވުނު ހިސާބުން، މި ކުށް އިސްލާހުކޮށް އެ ފޮތުގެ އެ ޕޭޖު ބަދަލުކުރުމުގެ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި މިނިސްޓަރ ވިދާޅުވީ، ހުރިހާ ގްރޭޑެއްގެ އިސްލާމް އަދި ޤުރްއާން ފޮތްތައް ނަގާފައިވާ ކަމަށެވެ.