ތެބޮ ބޯޓެއްގައި އަލިފާން ރޯވެއްޖެ

އެނބޫދޫ ފިނޮޅު ކައިރީ އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެނބޫދޫ ފިނޮޅު ކައިރީ އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ ޓީމް ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 5:50 ހާއިރުކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވިއިރު މި ބޯޓުގައި 4 މީހުން ތިބި ކަމަށާއި، އެއީ 3 ދިވެހިންނާއި ބިދޭސީއެއްކަމަށެވެ. މި 4 މީހުންވެސް މިހާރު ވަނީ ރައްްކާތެރިކަމާއެކު މާލެ ގެންގޮސްފައެވެ.

މި މީހުން މާލެ ގެންގޮސްފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރި އެހެން އުޅަނދެއްގައެވެ.

މި ބޯޓުގައި އަލިފާން ރޯވެފައި ވަނީ ތެޔޮބަރުކޮށްގެން މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށެވެ. ރޯވިއިރު މި ބޯޓްގައި 60،000 ލީޓަރުގެ ޑީސަލް ހުރިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލިފާން ނިންވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މި ބޯޓް މިހާރު ވަނީ އަޑިއަށް ގޮސްފައެވެ. ބޯޓް އަޑިއަށް ދިޔައީ އިރު އޮއްސި 6:27 ހާއިރުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ