ހުޅުމާލޭގެ ކައުންސިލަރުކަމަށް ޝުޖާއު ހޮވިއްޖެ

ޕީޕީއެމް ޓިކެޓުގައި ހުޅުމާލޭ ކައުންސިލަރު ކަމަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއު އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ.

އޮންލައިން ނޫސް ވޮއިސްއިން ޝުޖާއު އަދި އެބޭފުޅާއާއި ވާދަކުރެއްވި އެމްޑީޕީގެ ރިޒްނާ ޒަރީރުއާއި ހަވާލާދީ ޝުޖާއު ހުޅުމާލޭ ދާއިރާގެ ގޮނޑި ކާމިޔާބު ކުރިކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.

ޝުޖާއު އިންތިހާބު ކާމިޔާބު ކުރެއްވިއިރު ޕީޕީއެމް ޓިކެޓުގައި މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ މުހައްމަދު މުއިއްޒުވެސް އުޅުއްވަނީ މިހާތަނަށް ގުނުނު ވޯޓުތަކުން ބޮޑުތަނުން ކުރީގައެވެ.

މިއީ މާލޭ ސިޓީ ދާއިރާއިން މިހާތަނަށް ޕީޕީއެމް އިން އެންމެ ގިނަ ވޯޓު ހޯދި ފުރަތަމަ ފަހަރު ކަމުގައި ވެގެންދާނެ ކަމަށް މިހާރުވެސްވަނީ ބެލެވެން ފަށައިފައެވެ.

މާލޭ ސިޓީއިން ޕީޕީއެމް ކާމިޔާބީތަކެއް ހޯދިނަމަވެސް މިހާތަނަށް ގުނުނު ވޯޓު ދައްކާގޮތުން ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއިންވަނީ ގާތްގަނޑަކަށް ކާމިޔާބު ކުރުމާއި ގާތަށް ދަތުރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ