މުއިއްޒުއަށް މަރުހަބާ، ދޭންޖެހޭ އެއްބާރުލުން ދޭނަން: ނަޝީދު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގައި އިންތިހާބުގައި މާލެ މޭޔަރުކަމަށް އިންތިހާބުވެވަޑައިގެން ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު، މަރުހަބާ ވިދާޅުވެއްޖެއެވެ.

އިއްޔެގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ވާދަކުރައްވާ، އެމްޑީޕީގެ ކެނޑިޑޭޓް އަނަސް އަބްދުއްސައްތާރު ވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ.

ޑރ. މުއިއްޒު އަށް މަރުހަބާ ދަންނަވާ ނަޝީދު ކުރެއްވި ޓްވީޓެެއްގައި މުއިއްޒުއަށް ވިދާޅުވީ، އުއްމީދު ކުރައްވަނީ މާލޭގެ ކަންކަން ހައްލުކުރުމުގައި ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭންޖެހޭ އެއްބާރުލުން ދޭނަން" ނަޝީދުގެ ޓްވީޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ، އެމްޑީޕީން ވަނީ މާލެ ފިޔަވާ އެހެން ގިނަ ކައުންސިލުތަކުގެ އަޤްލަބިއްޔަތު ހޯދައިފައިކަމަށެވެ.

އިއްޔެގެ އިންތިހާބުގައި މުއިއްޒު ވަނީ 9،000 ވުރެ ގިނަ ވޯޓް ހޯއްދަވާފައެެވެ. އަދި އަނަސްއަށް 5،000 ވުރެ ގިނަ ވޯޓް ވަނީ ލިބިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ