އިއްޔެ ކުރިޔަށް ދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގެ ވޯޓް ލުމުގައި މާލޭ ސިޓީގެ ބައެއް ދާއިރާ ތަކުގެ ވޯޓްތައް އަލުން ގުނައި ދިނުމަށް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީ އިން އެދިއްޖެއެވެ.
މަލޭ ސިޓީގެ ބައެއް ދާއިރާތަކުގެ ވޯޓް ފޮށިތައް އަލުން ގުނައި ދިނުމަށް އެމްޑީޕީ އިން އެދުނުއިރު، މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީއަށް ވަނީ މާލެ ސިޓީން މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާ ނިންވަރަށް ނާކާމިޔާބީއާ ކުރިމަތިވެފައެވެ.
އެގޮތުން މާލޭ ސިޓީގެ ގިނަ ގޮނޑިތަކެއް އެމްޑީޕީއާއި ވާދަކުރައްވާ އިދިކޮޅު ޕީޕީއެމް އިން ކާމިިޔާބު ކުރި އިރު، މާލޭ ސިޓީގެ މޭޔަރކަމުގެ ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމް އިންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެޕާޓީއަށް މިފަހަރު މާލޭގެ ގޮނޑިތައް ގެއްލިފައިވާކަމަށާއި، ނަމަވެސް މާލެ ސަރަހައްދުގެ ނަތީޖާއާމެދު ހައިރާންވެވަޑައި ނުގަންނަވާކަމަށެވެ.
އެމްޑީޕީއިން އަލުން ގުނައިދޭން އެދިފައިވަނީ ޕީޕީއެމްގެ ކެނޑިޑޭޓުން ކާމިޔަބު ކޮށްފައިވާ 4 ދާއިރާއެއްގެ ވޯޓެވެ. އެ4 ގޮނޑިވެސް ޕީޕީއެމް އިން ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީއާއި ވާދަކުރައްވައި ވަރަށް ކުޑަ ތަފާތަކުންކަން ފާހަގަ ކުރެވެއެވެ.
އެއީ މައްޗަންގޮޅި އުތުރު ދާއިރާ (ޓީ-10)އާއި، މެދު ހެންވޭރު ދާއިރާ (ޓީ-3)އާއި، މާފަންނު ހުޅަނގު އުތުރު ދާއިރާ (ޓީ-15)ގެ އިތުރުން ހެންވޭރު ދެކުނު ދާއިރާ (ޓީ-4)އެވެ.
މީގެ ތެރެއިން މައްޗަންގޮޅި އުތުރު ދާއިރާ ޕީޕީއެމްގެ ކެނޑިޑޭޓް ސައިދާ ރަޝާދު ކާމިޔާ ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް ލިރުގާމް ވަހީދުއާއި ވާދަކޮށް 23 ވޯޓްގެތަފަތަކުންނެވެ. އަދި މެދު ހެންވޭރުދާއިރާ ޕީޕީއެމްގެ ކެނޑިޑޭޓް އާދަމް ރަމީޒް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އިސްމާއިލް ހުސައިންއާއި ވާދަކޮށް 13 ވޯޓްގެ ތަފާތަކުންނެވެ.
މީގެ އިތުރުން މާފަންނު ހުޅަނގު އުތުރު ދާއިރާ ޕީޕީއެމްގެ ކެނޑިޑޭޓް ހަސަން ނާޒިމް ކާމިޔާބު ކުރީ އެމްޑީޕީގެ ކެނޑިޑޭޓް މުހައްމަދު އަރީޝްއަށްވުރެ26 ވޯޓް އިތުރަށް ހޯއްދަވައިގެންނެވެ. ހަމަ އެހެންމެ ހެންވޭރު ދެކުނު ދާއިރާ އަށް ވާދަކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެގޮނޑި ކާމިޔާ ކުރައްވާފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް އާމިނަތު ރިޝްފާ އަހްމަދު އަށްވުރެ 9 ވޯޓް އިތުރަށް ހޯއްދަވައިގެންނެވެ.




ހިޔާލު
Hajamu nuveddhoa anniah. Midhiua riyaasee inthihaabug evote ves idhikolhu ppm in alun gunan edhunu ekamaku EC sharef makaru hadhaigen votun vakkan kureema alun nugunaa vote karudhaas avahah nahthaalee. Anni baliveema alun gunan jeheytha bali gaboolukurey dhen