ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ދެރަ ގޮތެއް ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނޫސްވެރިންނައި ބައްދަލު ކުރައްވައި މިއަދު ވާހަކަ ފުޅުދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ރައީސް ޔާމިން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމްގެ ފަރާތުން ސިޓީއެއް ލިބިފައިވާކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމިން ގެއަށް ބަދަލު ނުކޮށް ލަސްކުރަމުން އަންނަކަމަށް ބުނެ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައިވާކަމަށެވެ.
ރައީސް ޔާމިންގެ އަނބިކަނބަލުން ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނުގެ ޞިއްޙީ ހާލުކޮށްޅު ރަނގަޅު ނޫންކަން ފާހަގަ ކުރައްވާފައިވެއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމިންގެ ފަރާތްޕުޅުން އެނގިވަޑައިގެންފައިވާ ގޮތުގައި އެމަނިކުފާނުގެ ސިއްހީ މައްސަލައެއް ނެތެވެ. ނަމަވެސް މިކަމުގައި އިތުރަށް ވާހަކަ ދައްކަމުން އަންނަ ކަމަށާއި ރައީސް ޔާމިނަށް ދެރަގޮތެއް ނުވާނެކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
މި ފެށޭ ރޯދަމަހައި ދިމާކޮށް ރައީސް ޔާމިން ގެއަށް ބަދަލު ކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ޔާމިން ގެއަށް ބަދަލު ކުރެއްވުމަށް މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުން ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ސަރުކަރުން ރައީސް ޔާމިން ގެއަށް ބަދަލު ކޮށްދީފައެއްނުވެއެވެ. މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސް ބައެއްފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފަޑުވެސް ވިދާޅުވެފައެެވެ.
ހިޔާލު
ޖަލުތައް އުވާލާފަ އެންމެން ގެއަށް ބަދަލުކުރޭ. ޖަލުހުކުމް ވެސް އުވާލާ!!