"ދީނީ ދަޢުވަތުގެ މަސައްކަތައް މިހައި އުނދަގުލާއި، ހުރަސްތައް ކުރިމަތިވި ސަރުކާރެއް ތަޖުރިބާ ނުކުރަން"

ފާއިތުވި 15 އަހަރުގެ ތެރޭގައި ދީނީ ދަޢުވަތުގެ މަސައްކަތުގައި އެންމެ ގިނަ ހުރަސްތައް ކުރިމަތިވީ މިސަރުކާރުގައިކަމަށް ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިހާރު ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ދައުވަތު ފެތުރުމުގައި މަސައްކަތް ކުރާ ޢަލީ ރަމީޒު ވިދާޅު ވެއްޖެއެވެ.

އެގޮތުން ޢަލީ ރަމީޒު ވިދާޅުވީ، ދީނީ ދަޢުވަތުގެ މައިދާނުގައި މަސައްކަތް ފެށި ފަހުން މިހާރު 15 އަހަރު ވެދާނެކަމަށާއި، ދީނީ ދަޢުވަތުގެ މަސައްކަތަށް މިހައި އުނދަގުލާއި ހުރަސްތަކެއް ކުރިމަތިވި ސަރުކާރެއް ތަޖުރިބާ ކޮށްފައި ނުވާކަމަށެވެ.

ޢަލީ ރަމީޒް މިހެން ވިދާޅުވީ ޖަމްޢިއްޔަތުއްސަލަފް ގެ ފަރާތުން ކޮންމެ ރަމަޟާން މަހެއްގައި ގެނެސްދޭ ޚާއްސަ ސިލްސިލާ ދަރުސް ބާއްވަން އިސްލާމިކް މިނިސްޓްރީގައި އެދިފައިވާއިރު، އެ މިނިސްޓްރީން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވުމާއި ގުޅިގެންނެވެ.

މީގެ އަހަރުތަކެއް ކުރިން ފެށިގެން ކޮންމެ ރޯދަ މަހަކު ސަލަފުން ގެންދަނީ ފުރުގާން މިސްކިތުގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް ގެންދަމުންނެވެ. އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި މި ސިލްސިލާތައް ކޮންމެ އަހަރަކު ކުރިއަށް ގެންދަނީ ވަކި ހާއްސަ މައުލޫއަކަށެވެ. އަސުރު ނަމާދަށް ފަހު ކުރިއަށް ގެންދާ މި ދަރުސް ސިލްސިލާގައި އެ ޖަމިއްޔާއަށް ނިސްބަތްވާ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ޖަމިއްޔަތުއްސަލަފުން މިއަދު ބުނީ ރޯދަ މަހު ފުރުގާން މިސިްކިތުގައި ކުރިއަށް ގެންދާ ހާއްސަ ދަރުސް ސިލްސިލާ މިއަހަރުވެސް ކުރިއަށް ގެންދަން ނިންމާ އެކަމުގެ ހުއްދައަށް އިސްލާމިކް މިނިސްޓްރީގައި އެދުނުނަމަވެސް މިއަދުގެ ނިޔަލަށްވެސް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް ޖަވާބެއް އަދި ލިބިފައި ނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
114
ގުޅުންހުރި ލިޔުންތައް

2 Responses

  1. محمد حسن

    Kureyga Lavkiyevee dhohthu Maafahun mikamuge thereah Vadhevunee Kamavvess vedhaane Ehenve Neygunee dhogehthow Salaam

  2. ޙުަސްނީ

    ހިތާމަ ހުރި…… މިނޫން ދުވަހެއް ދައްކަވާންދޭވެ.
    އާމީން

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ