ޑީސީ ގެ އެންމެ އިންތިޒާރުކުރެވޭ އެއް ސުޕަހޯރޯ ފިލްމްކަމުގައިވާ "ބްލެކް އެޑަމް" ގެ ޝޫޓީން ފަށައިފިއެވެ.
މި ފިލްމްގެ ޝޫޓިން ފަށައިފިކަން، ލީޑު އެކްޓަރ ޑްވޭން ޖޯންސަން(ދި ރޮކް) ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން މިދިޔަ އާދިއްތަ ދުވަހު ރޮކް ވަނީ އޭނަގެ އިންސްޓަގްރަމް އެކައުންޓުގައި، ފިލްމް ސެޓް ގައި ބޭނުންކުރާ ކްލެޕްބޯޑުގެ ފޮޓޯއެއް ހިއްސާކޮށް ފިލްމްގެ ޝޫޓިން ފަށައިފައިވާކަމަށް ބުނެފައެވެ.
ބްލެކް އެޑަމް އަކީ 2019 ވަނަ އަހަރު ރިލީޒްކުރި ސުޕަހީރޯ ފިލްމް "ޝަޒަމް" ގެ ސްޕިނިންގް-އޮފް އެކެވެ. އެކްޓަރު ޑްވޭން ޖޯންސަން މި ފިލްމްގައި ފެނިގެންދާނީ އެންޓި-ހީރޯ , ބްލެކް އެޑަމްގެ ރޯލުންނެވެ.
މި ފިލްމް ރިލީޒްކުރުމަށް މިހާރު ހަމަޖެހިފައި އޮތީ 2022 ވަނަ އަހަރުގެ ޖުލައި 29 ގައެވެ.




