ކުރީ އަހަރެއްގެ ފިޠްރު ޒަކާތް ބަލައިގަތުމުގެ ތެރެއިން - ފޮޓޯ: ރާއްޖެ އެމްވީ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މާލެއާއ، ހުޅުމާލެ އަދި ވިލިމާލޭގައި މިއަހަރުގެ ފިޠުރު ޒަކާތްބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުންފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހާއި ކަމައަށެވެ.

އެހެން ކަމުނ 14 މެއި 2021 ގެ ނިޔަލަށް މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ.

މިއަހަރުވެސް ދިރާގާއި އުރީދޫ މެދުވެރިވެ ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްއާއި ބެންކް އޮފް މޯލްޑިވްގެ އިތުރުން ފަހިޕޭ މެދުވެރިވެގެންވެސް ފިޠުރު ޒަކާތް ދެއްކޭނެއެވެ.

ދިރާގުން ފިޠުރު ޒަކާތްދެއްކުމަށް ބޭނުންފުޅޫވާ ފަރާތްތަކަށް ދިރާގު ވެބްސައިޓުން ޕޭ އާއި، ނައު އެމްވީ (އެޕްލިކޭޝަނުންނައި) އެސްއެމްއެސް އިން ޒަކާތް ދައްކާލެވޭނެއެވެ.

އުރީދޫ އެޕްލިކޭޝަންގެ އެމްފައިސާއިންނައި އެސްއެމްއެސް މެދުވެރިވެ ޒަކާތް ދެއްކޭނެ ގޮތް ހަދާފައިވާއިރު، ފަހިޕެ އިން ވަނީ އެފަރާތުގެ އެޕްލިކޭޝަނާއި ޕޯޓަލް އިން ޒަކާތް ދެއްކޭނެގޮތް ހަދާފައެވެ.

މީގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް އިން ފައިސާނެޓްއައި އެފަރާތުގެ މެއިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗް ކައުންޓަރުތަކުންވެސް ޒަކާތް ދެއްކޭނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓުންވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިޠުރު ޒަކަތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލުންނާއި ސިޓީއެއްނަމަ ސިޓީ ކައުންސިލުންކަމަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެރަށެއްގައި ބަނޑު ކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގުކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންކަމުގައިވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ދަައްކަން ޖެހޭ ފައިސާގެ އަދަދު:

- އާދައިގެ ހަނޑޫ: މީހަކަށް 12 ރުފިޔާ.

- ތައިލެންޑް ހުދު ހަނޑޫ: މީހަކަށް 52 ރުފިޔާ.

- ރަތް ހަނޑޫ: މީހަކަށް 78 ރުފިޔާ.

- އާދައިގެ ބާސްމަތީ ހަނޑޫ: މީހަކަށް 65 ރުފިޔާ.

- މޮޅު ބާސްމަތީ ހަނޑޫ: މީހަކަށް 89 ރުފިޔާ.

- އެންމެ މޮޅު ބާސްމަތީ ހަނޑޫ: 125 ރުފިޔާ.

- އާދައިގެ ފުށް: މީހަކަށް 10 ރުފިޔާ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ