މީޑީއާ ކައުންސިލްގެ އިންތިޚާބު މެއި 1 ގައި ބާއްވަން ނިންމައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މަޤާމަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު މެއި 1 ގައި ބާއްވާ ގޮތަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް އިން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓް އާންމުކުރުމަށް އެމިނިސްޓްރީން މިއަދު ނެރުއްވި އިޢުލާނެއްގައި ވިދާޅުވެފައި ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ ދައުރު ހަމަވެފައިވާކަމަށެވެ.

އެެހެންކަމުން އެ މަގާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު 2021 މެއި 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމުގައި އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި އިންތިޚާބުގައި ފެށުން އޮންލައިންގެ ފަރާތުންވެސް ކެނޑިޑޭޓަކު ވަނީ ނެރެފައެވެ. އެގޮތުން ފެށުން އޮންލައިންގެ ފަރާތުން މި އިންތިޚާބުގައި ވާދަކުރައްވާނީ ކެނޑިޑޭޓް ނަންބަރު 1، ނ. ފޮއްދޫ، ހަޒާރުމާގެ / މުޙައްމަދު އިޤްނާޛު ޢަލީއެވެ. މި އިންތިޚާބުގައި ދެން ވާދަކުރައްވަނީ އެޓޯލް ނިއުސްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް، ކެނޑިޑޭޓް ނަންބަރު 2، މއ. ވައްތިޔަރަގެ / އިބްރާޙިމް ރަމީޒްއެވެ.

މި އިންތިޚާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ