ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ރޭ ކުއްލިއަކަށް މާލެ ގެނައިރު އާއިލާއަށް ނޭންގީ ކީއްވެތޯ ރައީސް ޔާމިންގެ ދައުރުގެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު އުފައްދަވައިފިއެވެ.
ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމިނާއި ހަމައިން ސަރުކާރުން ޢަމަލްކުރަނީ ލާއިންސާނީ، އަދި ޤާނޫނާ ޚިލާފަށްކަމަށާއި، އެމަނިކުފާނާ މެދު ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރަށްކާތެރިކަން ކަށަވަރުކުރަން ގޮވާލާކަމަށެވެ.
"ކުއްލިއަކަށް ރޭ މާލެ ގެނައިއިރު އާއިލާ/ވަކީލުންނަށް ނޭނގީ ކީއްވެ؟" ޑރ. ޖަމީލް ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން ޖަމީލް ވަނީ، މިމާތް މައްސަރު އެތައް އިރަކު ރައީސް ޔާމިން ކަނޑުމަތީގައި ގެންގުޅެ، ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރައީސް ޔާމިންގެ ރަށްކާތެރިކަން ކަށަވަރުކުމަށް ގޮވާލައްވާފައެވެ.
ރައީސް ޔާމީނާ ހަމައިން ސަރުކާރުން ޢަމަލްކުރަނީ ލާއިންސާނީ، ޤާނޫނާ ޚިލާފަށް. ކުއްލިއަކަށް ރޭ މާލެގެނައިއިރު އާއިލާ/ވަކީލުންނަށް ނޭނގީ ކީއްވެ؟ މިމާތް މައްސަރު އެތައް އިރަކު ކަނޑުމަތީގައި ގެންގުޅެ، ކަންތައްކުރި އިހާނެތި ގޮތް ކުށްވެރިކޮށް ރަށްކާތެރިކަން ކަށަވަރުކުރަން ގޮވާލަން. pic.twitter.com/cOn7EDX56h
— Mohamed Jameel Ahmed (@MJameelAhmed) April 15, 2021
ކަރެކްޝަންސް އިން ވިދާޅުވި ގޮތުގައި ރައީސް ޔާމިން ރޭ މާލެ ގެނެސްފައިވަނީ ކޮވިޑް ވެކްސިން ޖެއްސެވުމަށްކަމަށެވެ.
ނަމަވެސް އައިޖީއެމްއެޗްއަށް ރައީސް ޔާމިން ގެނަ ފަހުން ވަނީ ވެކްސިން ޖެއްސެވުމަށް ދެކޮޅު ހައްދަވާފައެވެ. އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ދެކޮޅު ހެއްދެވި ސަބަބެއް ހާމަކުރައްވާފައެއްނުވެއެވެ.
ކޮވިޑް ވެކްސިން ޖެއްސެވުމަށް ރައީސް ޔާމިން މާލެ ގެނައިރު، އިދިކޮޅު ފަރާތްތަކުން އަންނަނީ މި ރަމަޟާންމަހާއި ދިމަކޮށް އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް އެދިލައްވަމުންނެވެ.