"ﷲ އަކްބަރު" ގޮވަމުން އެމްޑީޕީގެ ސަޕޯޓަރުން ރުއް ކެނޑި ހާދިސާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ކުށްވެރިކޮށްފިއެވެ.
އެ ހާދިސާ އެމްޑީޕީން ކުށްވެރި ކޮށްފައިވަނީ ގިނަ އަދަދެއްގެ ބަޔެއްގެ ފާޑު ކިއުން އެކަމަށް އަމާޒުވެފައިވަނިކޮށެވެ. ރުށް ކަނޑާލި މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ފެންނަނީ ރީނދޫ ކުލައިގެ ޓީޝާޓާއި ރީނދޫ ފޮތި ގައިގައި އަޅައިގެން ތިބި ބަޔަކު، ކަރަންޓު ކީހަކުން ފިޔާތޮށި ކުލަ ލާފައިހުރި ރުކެއް ކަނޑާލާ ތަނެވެ. އަދި ރުށް ކަނޑާލުމާ އެކު އެއްބަޔަކު "ﷲ އަކްބަރު" މިފަދައިން ގޮވާ އަޑު ވީޑިއޯއިން އިވެމުންދާއިރު، އެސަރަޙައްދުގައި އެމްޑީޕީގެ ދިދަތައް ހިފައިގެން، އެ ޕާޓީގެ ސަޕޯޓަރުން ކުޅި ބަލަން ތިބޭ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
Mifadha amalu hingumakee mi party eggothakahves hiyvarudheyne kameh noon. Mi Partyge evves memberaku adhi party ah thaaeedhu kuraa evves faraathakun mifadha amalu nuhingumah dhannavan. pic.twitter.com/7pKxu5iWhp
— MDP Secretariat (@MDPSecretariat) April 16, 2021
އެ ހާދިސާ ކުށްވެރިކޮށް އެމްޑީޕީން ބުނީ، އެފަދަ އަމަލުތައް ހިންގުމަކީ އެ ޕާޓީއިން އެއްގޮތަކަށް ވެސް ހިތްވަރުދޭނެ ކަމެއް ނޫން ކަމަށެވެ.
"މި ޕާޓީގެ އެއްވެސް މެމްބަރަކު އަދި ޕާޓީއަށް ތާޢީދު ކުރާ އެއްވެސް ފަރާތަކުން މިފަދަ އަމަލު ނުހިންގުމަށް ދަންނަވަން" އެމްޑީޕީން ބުންޏެވެ.
މި ވީޑިއޯ މީސްމީޑިއާގައި ދައުރުވުމާއެކު، ފާޑުކިއުން އަމާޒުވެ، އެކަމާއި ދެކޮޅަށް ގިނަ މީހުން ކޮމެންޓު ކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އެމްޑީޕީއަކީ "ގަމާރުން" ގިނަ ޕާޓީއެއްކަމަށް ބައެއް މީހުން ސިފަކޮށްފައިވާއިރު، މިފަދަ އަމަލުތައް ހިންގަން ސަޕޯޓަރުންނަށް ހިތްވަރު ލިބެނީ ޕާޓީގެ ލީޑަޝިޕްގައި ތިއްބަވާ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކުން ކަމަށްވެސް ބައެއް މީހުން ތުޙުމަތު ކޮށްފައިވެއެވެ.



