މާރާމާރީގައި އަނިޔާލިބުނު ފަރާތް، މިއީ ކާކުކަން ދެނެގަނެވިފައި ނުވޭ - ފޮޓޯ: ފުިލުހުން

މާލޭގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން، އެމާރާމާރީގައި އަނިޔާ ލިބުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމީހާއަކީ މިއަހަރުގެ މާރިޗު 29 ވަނަ ދުވަހުގެ ވަގުތެއްގައި ގ. ބަށިމާވިލާ ގޭގެ ކައިރީގައި ހަދަމުންދިޔަ އިމާރާމާތެއްގެ ކައިރީގައި ބިދޭސީއެއްގެ ގައިގައި ދެ މީހަކު ވެގެން މާރާމާރީ ހިންގުމާ ގުޅިގެން އެމާރާމާރީގައި އަނިޔާ ލިބުނު ފަރާތް ކަމަށެވެ.

"މިހާތަނަށް ކުރެވެނު މަސައްކަތްތަކުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވޭ. އެހެންކަމުން މިމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި، މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 483099 އެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ޝުކުރު ދަންނަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ