އެޑޯބް ކޯފައުންޑަރ ޗާލްސް ޖެޝްކީ މަރުވެއްޖެ

އުމުރުން 81 އަހަރުގައި އެޑޯބް ސޮފްޓްވެއަރަ ކުންފުނީގެ ކޯފައުންޑަރ ޗާލްސް ޖެޝްކީ މަރުވެއްޖެއެވެ.

ޕޯޓަބަލް ޑޮކިއުމެންޓް ފޯމެޓް ނުވަތަ މައްޝޫރުނަމުންނަމަ ޕީޑީއެފް ފޯމެޓް ތައްޔާރުކުރުމުގައިވެސް މުހިންމު ރޯލެއް އަދާކުރި ޖެޝްކީ ސޮފްޓްވެއާ ކުންފުނި އެޑޯބް އުފައްދައިފައިވަނީ 1982 ވަނަ އަހަރެވެ.

ޖެޝްކީ އެންމެ ފުރަތަމަ އާމުންގެ ސަމާލުކަމަށް އައީ އެޑޯބް ސޮފްޓްވެއަރ ކުންފުނި އުފެއްދިތާ 10 އަހަރުފަހުން ބަޔަކުމީހުން ޖެޝްކީ ވަގަށްނަގައި ފައިސާއަށް އެދުމުންނެވެ. ވަގަށް ނެގިތާ ހަތަރު ދުވަސްފަހުން ޖެޝްކީވަނީ އެއްވެސް ގެއްލުމެއް ނުދީ ދޫކޮށްލައިފައެވެ.

ޖެޝްކީ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކެލިފޯނިއާގައެވެ. ޖެޝްކީގެ މަރާއި ގުޅިގެން އެޑޯޕްގެ ސީއީއޯ ވިދާޅުވެފައިވަނީ، ޖެޝްކީއަކީ ޑެސްކްޓޮޕް ޕަބްލިޝިން ރިވޮލިއުޝަނުގެ ބާނީކަމުގައެވެ.

2009 ވަނަ އަހަރު ޖެޝްކީވަނީ ޓެކްނޮލަޖީގެ ދާއިރާއިން ގައުމީ މެޑަލް ހޯއްދަވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ