ވައިބާއަކީ އާއިލާ އާއި ރައްޓެހިންނާއި މުއާމަލާތު ކުރުމަށް މިހާރު އާންމުކޮށް ބޭނުންކުރަމުންދާ މަޤުބޫލު އެޕްލިކޭޝަނެކެވެ. އޮފީސް ތަކާއި ސްކޫލު ތަކުގައިވެސް ރަސްމީ އެންގުންތަށް އެންގުމަށް މިހާރު ބޭނުން ކުރަމުން ދަނީ ވައިބާ ގްރޫޕުތަކެވެ. މިގޮތް މާ ފަސޭހަ ވެފައި ކާމިޔާބީއެވެ.
އެކުވެރިންގެ މެދުގައިވެސް ވައިބާ ގުރޫޕްތަށް ހަދައި ޗެޓް ކުރުމަކީ އާންމުކަމެކެވެ. ނަމަވެސް އެންމެންގެ ވެސް ޝަކުވާއަކަށް ވެފައި އޮންނަނީ ރޭގަނޑު ނުނިދައި ޗެޓްކުރަން އޮންނަ އިރު ހުދުކުލައިން ހުރުމުން ލޮލަށް އުނދަގޫ ވުމެވެ. ނަމަވެސް 2019 ފެބްރުއަރީ 8 ވަނަ ދުވަހު ކޮއްފައިވާ އިއުލާން އެއްގައި ބުނެފައިވަނީ ވައިބާރ ޑާކް މޯޑް ފީޗާރ ވަރަށް އަވަހަށް ތައާރަފް ކުރާނެކަމަށެވެ. މިކަން ވެގެން ދިޔައީ ވައިބާރ ބޭނުން ކުރަމުން އަންނަ ފަރާތް ތަކަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކަށެވެ.
މިކަމަށް މިހާރު މިވަނީ ދާއިމީ ހައްލެއް ލިބިފައެވެ. އެގޮތުން ވައިބާގެ އެންމެ ފަހުގެ އަޕްޑޭޓްގައި ވައިބަރ ތީމް ޑާކް ކޮށްލެވެއެވެ. މިއީ ގިނަބަޔަކަށް ލިބޭނެ އުފަލެކެވެ. ވައިބާ ޑާކްކޮށްލަން ބޭނުންނަމަ އަވަހަށް ޕްލޭސްޓޯރަށް ވަދެ ވައިބާރ އަޕްޑޭޓް ކޮށްލުމަށްފަހު ޑާކް މޯޑް އޮން ކޮށްލާށެވެ.
ފޭސްބުކް އަދި ޓްވީޓާ ގެ އޮފިޝަލް ޕޭޖުގައި މިކަން މިވަނީ ރަސްމީކޮށް އިއުލާން ކޮށްފައެވެ.

ވައިބާރ ގެ ބްލެކް ވާރޝަން ތައާރަފް ކުރިއިރު މީގެ ދުވަސްކޮޅެއް ކުރިން މިވަނީ މެސެންޖާރގެ ބްލެކް ވާރޝަންވެސް ތައާރަފްކޮށްފައެވެ.





ހިޔާލު
ވަރަށް ސަޅި އިނގޭ ވައިބަރ ގެ ޑާކް ވާޝަން