ލެޕްޓޮޕެއް، ކޮމްޕިއުޓަރެއްތަ؟ "ބައޮސް" ވަރެއް ނޯންނާނެ!

ސްމާޓް ފޯނުގެ ދުނިޔޭގެ އިތުރުން ގޭމިން ލެޕްޓޮޕާއި، ސިސްޓަމްތަކުގެ އިތުރުން މޮޅެތި ހިތްގައިމު ލެޕްޓޮޕްތަކަކީ ދިވެހިން ހިތްކިޔާ ތަކެއްޗެވެ.

ނަމަވެސް ދިވެހިންނަށް ދިމާވާ އެންމެ ބޮޑު އެއްދައްޗަކީ އެފަދަ ތަކެތި ރާއްޖެއިން ފަސޭހައިން ގަންނަން ނުލިބުމެވެ. ނުވަތަ އަތް ފޯރާވަރަށް ވުރެ އަގު ބޮޑުވުމެވެ. މިކަމަށް މިހާރު ބަޔޯސް އިން މިވަނީ ހައްލު ހޯދިއި ދީފައެވެ. އެގޮތުން ބަލާއިރު، "ބައޮސް" އަކީ ފެންވަރު ރަނގަޅު، ޓެކް ސާމާނު ވިއްކަމުންދާ ތަފާތު ވިޔަފާރިއެކެވެ. އިތުބާރާއި ޔަޤީންކަމާއެކު ވޭތުވެދިޔަ އަހަރެއްހާ ދުވަހު ދިވެހިންނަށް ޚިދުމަތް ދިން ޒަމާނީ، ސަޅި ވިޔަފާރިއެއްމެއެވެ.

އެންމެ ބޭސިކް އިން (އެސައިމަންޓް ހެދުމާއި ފިލްމު ބަލާލުމަށް ބޭނުންކުރާ ޒާތުގެ ލެޕްޓޮޕް) ފެށިގެން އެންމެ މަތީ ފެންވަރުގެ ލެޕްޓޮޕާއި، ގޭމު ކުޅުމަށް ޚާއްޞަ ލެޕްޓޮޕާއި، ކޮމްޕިއުޓަރ ސިސްޓަމްތަކުގެ އިތުރުން ތަފާތު މަސައްކަތްތަކަށް ޚާއްޞަ ލެޕްޓޮޕް އަދި ކޮމްޕިއުޓަރ ބޮޑުތަނުން ހެޔޮ އަގުގައި ރާއްޖޭގެ މާކެޓަށް ވިއްކުމުގައި "ބައޮސް" ވަނީ އެތައް ބައެއްގެ އިތުބާރާއި ލޯބި ހޯދާފައެވެ.

ހަމައެކަނި ޖެނުއިން، އޮރިޖިނަލް އުފެއްދުންތައް ހެޔޮ އަގުގައި ދިވެހިންނަށް ފޯރުކޮށްދިނުމުގައި ދެގޮތެއްނުވެ ދެމިހުރި "ބައޮސް" އިން މިވަނީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަ ކަމެއް ގެނުވައިދީފައެވެ. "ބައޮސް" ގެ ވެބްސައިޓް (www.bios.mv)، މިހާރު ލޯންޗުކޮށްފައިވާއިރު، ކޮންމެ ދުވަހަކުވެސް އައު ޕްރޮޑަކްޓްތައް ވެބްސައިތަށް އިތުރުކުރަމުން ގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ހަމައެއާއެކު ބައޮސްގެ ވެބްސައިޓްގައި ކޮންމެ ދުވަހަކުވެސް ޕްރޮޑަކްޓްތަކަށް ޚާއްޞަ ސޭލެއް ހުޅުވާލެވިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން މަޢުލޫމާތު ދެއްވިއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް "ބައޮސް" ގެ ޕްރޮޑަކްޓްތަކަށް އޯޑަރ ކުރެވޭއިރު، ވެބްސައިޓުން ކޮންމެ ވަގުތަކުވެސް ލައިވް ޗެޓް މެދުވެރިކޮށް ކަސްޓަމަރ ކެއަރގެ ޚިދުމަތް ލިބޭނެ ކަމަށާއި، ބޭނުންފުޅުނަމަ މޮބައިލް ނަންބަރުންވެސް (7221711) ކަސްޓަމަރ ކެއަރގެ ޚިދުމަތް ހޯއްދެވޭނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އޮންލައިން މާކެޓުގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ދެމުން އަންނަ "ބައޮސް" އިން މިހާރު ވަނީ ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި މާލޭގައި ފިހާރައެއްވެސް ހުޅުވާފައެވެ. މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގައި ޗާންދަނީމަގަށްވާގޮތަށް ހުޅުވާފައިވާ "ބައޮސް" ގެ އައުޓްލެޓުން އެންމެ ފަހުގެ އުފެއްދުންތައް ލިބެންހުރިއިރު، ބޭނުންފުޅުވާ ކޮންމެ އުފެއްދުމަކަށް އޯޑަރ ކުރެވޭނެއެވެ.

ދިވެހިންގެ އިތުބާރު ހޯދާފައިވާ، ހަމައެކަނި އޮރިޖިނަލް ޕްރޮޑަކްޓްސް ވިއްކަމުންދާ "ބައޮސް" އިން އޯޑަރ ކުރައްވާ ކޮންމެ ޕްރޮޑަކްޓެއް 5 ދުވަހުގެ ތެރޭގައި މާލެއާ ހަމައަށް ގެނެސްދޭއިރު، ރާއްޖޭގެ ކޮންމެ ރަށަކަށްވެސް "ހިލޭ" ޑެލިވަރ ކޮށްދެއެވެ. އަދި އޯޑަރ ކުރައްވާ ހިސާބުން ފެށިގެން އެސްއެމްއެސްމެދުވެރިކޮށް އޯޑަރ ކުރި ޕްރޮޑަކްޓް އަތަށް ލިބެންދެން އަޕްޑޭޓް ލިބެމުންދާނެ ކަމަށް "ބައޮސް" އިން ވިދާޅުވިއެވެ.

"ބައޮސް ގެ އެންމެ ހާއްސަ އެއްކަމަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ނެރޭ ދުވަހު ބައޮސް މެދުވެރިކޮށް އޯޑަކުރުމުގެ ފުރަސަތު ދިވެހިންނަށް ލިބިގެން ދިޔުން، އެހެންވީމަ މިހާރު ފަހުގެ ކޮމްޕިއުޓަރ ސާމާނު ނުލިބެގެން ކަސްޓަމުރުން ތިބޭކަށް ނުޖެހޭނެ." ބައޮސް ގެ ސޭލްސް ހެޑް ވިދާޅުވިއެވެ.

ތިހުރެވުނީ ތުރާކުނެއް، އައްޑުއެއް ކަމަކު މިއަދު ހާސްވާކަށް ނުޖެހެއެވެ. ބޭނުންފުޅު ކޮންމެ މޮޑެލްއެއްގެ ލެޕްޓޮޕާއި ކޮމްޕިއުޓަރ އަދި ކޮމްޕިއުޓަރ ސާމާނު ބޮޑުތަނުން ހެޔޮ އަގުގައި، ހަލުވި ދުވެލީގައި ކަސްޓަމަރުގެ އަތަށް، ކަސްޓަމަރުގެ ރަށަށް ގެނެސްދޭނެ ބައިވެރިޔެއްގެ ގޮތުގައި "ބައޮސް" ތިޔަ ބޭފުޅުންގެ ޚިދުމަތުގައި އެބައޮތެވެ. ބޭނުންވަނީ ފަހުގެ ފެންވަރު ރަނގަޅު ލެޕްޓޮޕެއް/ކޮމްޕިއުޓަރެއްނަމަ "ބައޮސް" ހިޔާރުކުރައްވާށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ