ހޯރަފުށީގައި ޒުވާނަކު ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ހއ. ހޯރަފުށީގައި ޒުވާނަކު ރުކަކުން ވެއްޓި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުން ވިދާޅުވީ މިހާދިސާ ހިނގައިފައިވަނީ މިއަދު 11:30 ހާއިރު ކަމަށާއި ވެއްޓުނު ޒުވާނާގެ އުމުރަކީ 27 އަހަރު ކަމަށެވެ.

ޒުވާނާ ރުކުން ވެއްޓި ބިންމަތީ އޮތް ލަކުނޑިގަޑެއްގައި ޖެހުމުގެ ސަބަބުން އޭނާގެ ފަޔަަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާއިރު ފައިގެ ފަލަ މަސްގަނޑަށް ފޫޓަކަށް ލަކުނޑިގަނޑު ވަދެފައިވާ ކަމަށްވެސް ހޯރަފުށީ ސިއްހީ މަރުކަޒުން މައުލޫމާތު ދެއެވެ.

ހޯރަފުށީ ސިއްހީ މަރުކަޒުން ޒުވާނާއަށް ފަރުވާދިނުމަށްފަހު އިތުރުފަރުވާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވައިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
15
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ