މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެއެތެރޭގެ އިންތިހާބު މެއި 29 ގައި ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ، އެޕާޓީގެ ދާއިރާތަކުގެ ހިންގާކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިޚާބު ބެއްވުމަށް ހަމަޖެހިފައިވާކަމަށާއި، އެއިންތިޚާބު އޮންނާނީ 29 މެއި 2021 ވާ ހޮނިހިރު ދުވަހުކަމަށެވެ.
އެގޮތުން އެއިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ދާއިރާތަކުގައި ހިމެނޭ މިޕާޓީގެ އާންމު މެންބަރުންކަމަށްވެސް އެޕާޓީން ބުނެއެވެ.
އެމްޑީޕީން އިތުރަށް ބުނީ، މިއިންތިޚާބުގައި ވޯޓުލެވޭނީ މިއަދު، 18 އޭޕްރީލް 2021 (އާދީއްތަ) ދުވަހާ ހަމައަށް މިޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
އަދި މިއަދުގެ 14:00 އިން ފެށިގެން 29 މެއި 2021 ގެ ނިޔަލަށް ޕާޓީން މެމްބަރޝިޕް ފޯމު ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށްވެސް އެޕާޓީންވަނީ ބުނެފައެވެ.




