ރައީސް ޔާމީން ވެކްސިންގ ޖައްސަވައިފި

ކޮވިޑް-19 އިން ދިފާޢުވުމުގެ ގޮތުން ޖަހާ ވެކްސިންގގެ ފުރަތަމަ ޑޯޒް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖައްސަވައިފިއެވެ.

ވެކްސިންގ ޖެހުމަށްޓަކައި ރައީސް ޔާމީން މިހާރު ހުރީ މާލެގައެވެ. ރައީސް ޔާމީން ވެކްސިންގ ޖައްސަވާފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

މިރޭ ރައީސް ޔާމީން މާލެ ގެނެސް، ކޮވިޑް ވެކްސިން ޖައްސަވާފައިވާ ކަމަށް ކަރެކްޝަނުން ބުނިނަމަވެސް އެމަނިކުފާނު ޖައްސަވާފައިވަނީ ކޮން ވެކްސިނެއް ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެއެވެ.

މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ވެކްސިން ޖެއްސެވުމަށް މާލެ ގެނެސްފައެވެ. އެފަހަރު ވެކްސިންގެ ޖެއްސެވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވާފައިވާކަމަށް ކަރެކްޝަނުންވަނީ ބުނެފައެވެ. ނަމަވެސް ވެކްސިންގ ޖެއްސެވުމަށް ދެކޮޅު ނުހައްދަވާކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ މާފުށީ ޖަލުން މާލެ ގެނެސް މާލެ ކައިރީ ދެގަޑިއެއްހާއިރު ލޯންޗް މަޑުކުރުވާފައި އަނބުރާ އެރޭ މާފުށީ ޖަލަށް އެމަނިކުފާނު ގެންދެވީ ޓްރާންސްޕޯޓް ހަމަނުޖެހޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނުމަށް ފަހު ކަމަށެވެ.

ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިންގއެވެ.

ވެކްސިންގ ޖެއްސެވުމަށް ރައީސް ޔާމީން އެނބުރި މިހާރުވަނީ މާފުށީ ޖަލަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ