ޤައުމު މި ޙާލަތަށް ވެއްޓުނީ ދެކޮޅުޖެހޭ ސިޔާސަތެއް ނެތީމަ: ޖަމީލް

ޤައުމު މިހާލަތަށް ވެއްޓެން ޖެހުނީ ދެކޮޅު ޖެހޭ ސިޔާސަތެއް ނެތުމުން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ވިދާޅުވީ ޤައުމުގެ އިޤްތިޞާދު ފުނޑި މުވައްޒަފުންނަށް މުސާރަދޭނެ ގޮތެއް ނެތްކަމަށާއި، މި ޙާލަތަށް ވެއްޓުނީ ދެކޮޅުޖެހޭ ސިޔާސަތެއް ނެތީމުންކަމަށެވެ.

"ސިޔާސީ މަޤާމްތައް، ބޯޑުތައް، ދަތުރުތަކަށް ހުއްޓުމެއްނެތް. ވަޒީފާއަށް ނުނުކުމެ މުސާރަ ނަގަނީ. ޢާއްމުންގެ ޖީބު ހުސްކުރާއިރު ޚިދުމަތް ސުމެއް!" ޖަމީލް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޖަމީލް ވަނީ އެމްޑީޕީން ރައްޔިތުން ލޫޓްވަނީ ކަމަށް ސިފަކުރައްވާފައެވެ.

ޤައުމުގެ އިޤްތިޞާދު ފުޑިފައިވާކަމަށް ޖަމީލް ވިދާޅުވެފައި މިވަނީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ޚަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން، ނުވަތަ ރުފިޔާ ޗާޕް ކުރަން ރައްޔިތުންގެ މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ހުއްދަ އިތުރު އެއްހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދިފައިވާ ދަނޑިވަޅެއްގައެވެ.

މި މައްސަލާގައި ގިނަ ބައެއްގެ ޚިޔާލު ތަފާތުވެފައިވާއިރު، ފިނޭންސް މިނިސްޓްރީން އެދިފައިވާ ހުއްދަ އެފަރާތަށް ދިނުމާމެދު މިރޭ 12ގެ ކުރިން ވަކި ގޮތެއް ނިންމުމަށް އެ މައްސަލަ ދިރާސާ ކުރަން އެކުލަވަލި ކޮމެޓީ އިން މިއަދު ވަނީފާސްކޮށްފައެވެ.

މި މައްސަލަ މަޖިލީހުން މިއަދު ކޮމެޓީއަށް ފޮނުވާފައި މިވަނީ އިއްޔެ އެމައްސަލަ ކޮމެޓީއަކަށް ފޮނުވައިގެން ދިރާސާކުރުމަށް ނެގި ވޯޓުން އެކަން ފާސްނުވެ އިއްޔެ ޖަލްސާގައި މިކަމާމެދު ވަކި ގޮތެއް ނުނިންމުނު ކަމުގައި ރިޔާސަތުން އިއުލާނުކޮށްފައިވަނިކޮށެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވާފައިވާ ހުށައެޅުމުގައި ވިދާޅުވެފައި ވަނީ ކޮވިޑްއާއި ގުޅިގެން ކުރިމަތިވި އިޤްތިސާދީ އަދި މާލީ ލޮޅުންތަކާއެކު ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 36 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލީހަށް ލިބޭ ބާރުގެ ދަށުން، އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ކ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން 1 އަހަރު ދުވަހަށް އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ އަދި އެއްއަހަރަށް އިތުރު ކުރަން އެދޭކަމަށެވެ.

މަޖިލީހުން މިދިޔަ އަހަރު ފިނޭސް މިނިސްޓްރީއަށް ދީފައިވާ މި ހުއްދައާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި، ޚިދުމަތްތަކަށް ބުރޫ އެރުމެއްނެތި ދައުލަތް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމުގައި އެމިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ތާޑީ

    ޖަމީލޫ ޤައުމު ކޮންހާލަތަކަށް ވެއްޓިގެންތޯތިޔައުޅުއްވަނީ ފަޔަށް ހިނިއަރައިގެން. ތިހުންނަވަނީ ވެރިކަމަށްބަޑުކެޑިފަ ނޫންތޯ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ