އެމްއެމްޕީއާރުސީގެ ހިޔާނާގުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާ ކުރަނީ ހަގީގީ މުޖުރިމުން ފޮރުވަން ކަަމަށާއި ދައުލަތުން ރައީސް ޔާމީން ގުރުބާންކުރުން ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފިއެވެ.
ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ވައްކަމުގެ ޖަރީމާތައް ރާވައި ހިންގީ މިސަރުކާރުންކަން ޑރ. ޝައިނީގެ ދައުރުވަމުންދާ އޯޑިއޯއިން ސާބިތުވެއްޖެ ކަމަށާއިރައީސް ޔާމީނަށް ތަކުރާރުކޮށް ދަޢުވާކުރަނީ ޙަޤީޤީ މުޖްރިމުން ފޮރުވަން ކަމަށެވެ.
"މިހާރުވެސް ދަޢުވާތައް ބާޠިލްވެއްޖެ. ދަޢުލަތުން ރައީސް ޔާމީން ޤުރުބާންކުރުން ހުއްޓާލާ." ޖަމީލް ކުރެއްވި ޓްވީީޓްގައި ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ސިޔާސީ ބަދަލުހިފަން ޖުޑިޝަރީ ބޭނުންކޮށްގެން ނުވާނެ ކަމަށާއި ޝައިނީގެ ދައުރުވަމުންދާ އޯޑިއޯއިން އެތައް ކުށެއްގެ އިޢުތިރާފް ލިބޭ ކަމަށެވެ.
"ތުޙުމަތަށް އެކިތަންތަނުން މީހުން ހައްޔަރުކުރޭ. ޝައިނީ އިސްތިސްނާވީ ކީއްވެ؟ ފުލުހުން/ކޮމިޝަންތަކުން ރެކުނީ ކިހިނެއް؟ އެމްޑީޕީ ބްލެކްމެއިލްވުމަކީ މުއައްސަސާތައް ބިރުގަންނަ ސަބަބަށް މިވީ." ޖަމީލް ވިދާޅުވިއެވެ.
ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ކެބިނެޓަަށް އެންމެ އިހާނެތިކޮށް ހެއްދެވި ވެރިޔަކަށް ރައީސް ޔާމީން ވާނެ ކަމަށާއި، ރައީސް ޔާމީންގެ ކެބިނެޓު ދައުރު ނިމުނުއިރު ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށް ޝައިނީ ވިދާޅުވެ، ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އޯޑިއޯއެއް އިއްޔެ ލީކުވުމާއި ގުޅިގެންނެވެ.
މި ކްލިޕްގައި ޝައިނީ ވިދާޅުވެފައިވަނީ، ކެބިނެޓަަށް އެންމެ އިހާނެތިކޮށް ހެއްދެވި ވެރިޔަކަށް ރައީސް ޔާމީން ވާނެ ކަމަށާއި، ރައީސް ޔާމީންގެ ކެބިނެޓަށް ދައުރު ނިމުނުއިރު ލިބުނު އެއްވެސް އެއްޗެއް ނެތް ކަމަށެވެ. ނުކުންނަން ޖެހުނީ ހުސްއަތާ ކަމަށެވެ. އޭރުތިބި ވަޒީރުންގެ ތެރޭގައި ގޯތި ނެތް މީހުންނަށް ފްލެޓް ލިބޭނެގޮތް ހެއްދެވުމަށްވެސް އެދިފައިވާނެކަމަށް ޝައިނީ ވިދާޅުވިއެވެ.
ޑރ ޝައިނީ ވިދާޅުވެފައިވަނީ، މިއަދު ރައީސް ޔާމީނަށް ކަމެއް ކޮށްދޭން ޖެހޭނޭ ވިދާޅުވެވެން ނޯންނާނެ ކަމަށެވެ. އަދި މިވެނި ކަމެއް ކޮށްދިނީއޭ ބުނެވެންވެސް ނޯންނާނެ ކަމަށެވެ.