ގެއްލުނު ސަބްމެރީން | ފައިލް ފޮޓޯ

އިންޑޮނޭޝިއާގެ ސަބްމެރީންއެއް ގެއްލި ހޯދުމުގެ މަސައްކަތް ފަށައިފި

އިންޑޮނޭޝިއާގެ ސަބްމެރީންއެއް ގެއްލި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

މި ސަބްމެރީން ގެއްލިފައިވަނީ އިންޑޮނޭޝިއާ ބާލީގެ އުތުރުގެ ކަނޑުގެ ސަރަހައްދުގައި ތަމްރީނެއްގައި ބައިވެރިވަމުން ދަނިކޮށް ކަމަށް އެގައުމުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.

އިންޑޮނޭޝިއާ އަސްކަރިއްޔާގެ ވެރިޔާ ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ސަބްމެރީން ގެއްލުނުއިރު އެ ސަބްމެރީންގައި 53 ފަޅުވެރިން ތިބިކަމަށެވެ.

އިންޑޮނޭޝިއާގެ ނޭވީއިން މި ސަބްމެރީން ހޯދުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު ސަބްމެރީން ހޯދުމުގައި އޮސްޓްރޭލިއާ އަދި ސިންގަޕޫރުގެ އެހީތެރިކަމަށްވެސްވަނީ އެދިފައެވެ.

ގެއްލިގެން ހޯދަމުންދާ ސަބްމެރީންއަކީ ޖަރުމަނުގެ އުފެެއްދުމެއް ކަމަށްވާ ކޭރާރުއައި ނަންގަލާ-402 އެވެ.

މިލިޔުން ކިޔާލުމުން
1131
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ