މާލޭގައި ހުއްނަ ނަންމައްޝޫރު އިހުސާން ފިހާރައިން ވައްކަންކުރި މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ވައްކަންކުރި މީހާ އެކަންކުރާ ވީޑިއޯ އާންމުކޮށް އެ ފިހާރައިން އެދިފައިވަނީ އެމީހާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވަނަމަ އެ މައުލޫމާތެއް އެފިހާރައާއި ހިއްސާކުރުމަށެވެ.
އާންމުކޮށްފައިވާ ވައްކަމުގެ ވީޑިއޯއިން ފެއްނަނީ ޒުވާން ފިރެހެނަކު ބާސްކެޓަކަށް ގިނަ އަދަދެއްގެ ތަކެތި ހާއްސަކޮށް ކޮފީ ދަޅު، ކޮފީ ޕެކެޓް، އަދި ހިކިކިރު ދަޅުތަކެއް އަޅާ މަންޒަރެވެ. އަދި ފިހާރައިން މީހުން މަދުވާގަޑީގައި އެތަކެތި ރަތް ބާޒާރު ކޮތަޅަކަށް އަޅައެވެ. އެއަށްފަހު އެތަކެތި ހިފައިގެން މަޑު ހިނގުމެއްގައި ފިހާރައިން ނިކުމެގެން ދެއެވެ.
މައުލޫމާތު ލިބޭގޮތުގައި މިވައްކަން ހިނގައިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. އަދި މިވައްކަމުގެ މައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ.
ރަމަޟާންމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް ވައްކަމުގެ މައްސަލަތައް އިތުރުވެގެންދާކަން ފުލުހުންވަނީ މީގެކުރިންވެސް ފާހަގަ ކޮށްފައެވެ.




