ޕްރޮފެޝަނަލް ވާންވީ ޢަމަލުކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ފުލުހުންނަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ޖަމީލް ވިދާޅުވީ ވައްކަމައި ފޭރުން އިތުރުވެ އާއްމު ރައްޔިތުން ތިބީ ހާސސްވެފައިކަމަށާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޞީލަތްތައް ބޭނުންކުރަންވީ އެކަން ހުއްޓުވަންކަމަށެެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ކުރިޔަށް ގެންދިޔަ އިޙްތިޖާޖުގައި ބައެއް މީހުން ހައްޔަރުކޮށް އެމީހުން ޖޫރިމަނާ ކޮށްފައި ވަނިކޮށެވެ.
އެގޮތުން ޖަމީލް ވިދާޅުވީ އިޙްތިޖާޖުގެ ނަންގަނެލިޔަސް މަގުބަންދުކޮށް ހުރިހާ ބާރެއް ބޭނުންކުރާކަމަށާއި، އެގޮތަށް ކަންތައް ކުރުމުން ފުލުހުންގެ އިތުބާރު ގެއްލި އާންމުންގެ ނަފްރަތު ލިބެނެކަމަށެވެ.
"އިޙްތިޖާޖުގެ ނަންގަނެލިޔަސް މަގުބަންދުކޮށް ހުރިހާ ބާރެއް ބޭނުންކުރަނީ. ފަޔަށް ހިނި އަރައިގެން އުޅޭހެން އުޅުމުން އިތުބާރު ގެއްލި ލިބޭނީ ނަފްރަތު. ޕްރޮފެޝަނަލް ވާންވީ ޢަމަލު" ޖާމިލް ވިދާޅުވިއެވެ.
ވައްކަން/ފޭރުން އިތުރުވެ އާއްމުން ހާސްވެފައި. @PoliceMv ގެ ވަޞީލަތްތައް ބޭނުންކުރަންވީ އެކަން ހުއްޓުވަން. އިޙްތިޖާޖުގެ ނަންގަނެލިޔަސް މަގުބަންދުކޮށް ހުރިހާ ބާރެއް ބޭނުންކުރަނީ. ފަޔަށް ހިނި އަރައިގެން އުޅޭހެން އުޅުމުން އިތުބާރު ގެއްލި ލިބޭނީ ނަފްރަތު. ޕްރޮފެޝަނަލް ވާންވީ ޢަމަލުން pic.twitter.com/0Ec14kvrkW
— Mohamed Jameel Ahmed (@MJameelAhmed) April 28, 2021
ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ދޫކޮށްލުމަށް ގޮވަލާ އިދިކޮޅުން ރޭ މާލޭގައި ކުރިޔަށް ގެންދިޔަ އިޙްތިޖާޖުގައި 9 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
މި އެންމެންވެސް 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު މިހަރު ވަނީ ދޫކޮށްލާފައެވެ.