ވެއްޓުނު ފްލައިޓްގެ ތެރެއިން ފެނުނު ހަށިގަނޑަކީ އެމިލިއާނޯ ސަލާ ގެ ހަށިގަނޑުކަން ޔަޤީންކޮށްދިންތާ މާގިނައިރުތަކެއްނުވެ، ފްރާންސްގެ ނަންޓެސް އިން އެމީހުންގެ ޖާރޒީ ނަންބަރު 9 ބޭނުންކުރުން ހުއްޓާލުމާމެދު ވިސްނަމުންދާކަމަށް ބުނެފިއެވެ.
އަމިއްލަ ފަންޑެއްގެ އެހީގައި ސަލާ އަދި ޕައިލެޓް ޑޭވިޑް އޮބޮޓްސަން ހޯދުމުގެ މަސައްކަތްފަށައި ރިމޯޓުން އޮޕަރޭޓްކުރާ މޫދުއަޑީ ދުއްވާ ކުޑަ އުޅަނދެއްގެ އެހީގައި ސަލާ ދަތުރުކުރި ފްލައިޓް ފެބްރުއަރީ 3ގައި ހޯދާފައިވެއެވެ. އަދި އޭގެ ހަތަރު ދުވަސް ފަހުން އެމިލިއާނޯ ސަލާ އަދި ޕައިލެޓް ޑޭވިޑް އިބޮޓްސަން ދަތުކުރުކުރި ފްލައިޓްގެ ތެރެއިން އެކެއްގެ ހަށިގަނޑު ނަގާފައިވާއިރު އެއީ ކާކު ހަށިގަނޑެއްކަން އޭރު ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބުދަ ދުވަހު ފެނުނު މިހަށިގަނޑަކީ ސަލާގެ ހަށިގަނޑުކަން އޭގެ އެއްދުވަސް ފަހުން އޭއޭއައިބީ އިންވަނީ ކަށަވަރުކޮށްދީފައެވެ.
ޖެހިގެންއައި ބުރާސްފަތި ދުވަހު ސަލާގެ ޝަރަފުގައި ނަންޓެސްގެ ޖާރޒީ ނަންބަރު 9 އެއް އެހެން އިތުރު ކުޅުންތެރިއަކަށް ނުލެވޭގޮތް ހެދުމަށް ވިސްނަމުންދާކަމަށް ނަންޓެސްގެ ރައީސް ވަލްޑެމަރ ކިޓާ ބުނެފައިވެއެވެ. ސަލާއަކީ ނަންޓެސްގެ ސަޕޯރޓަރުންގެ މެދުގައި މަޤުބޫލުކުޅުންތެރިއަކަށްވާއިރު ނިމިދިޔަ 3އަހަރާއި ބައިތެރޭގައި ފްރާންސްގެ ލީގު 1 ގައި ނަންޓެސްއަށް 42 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު، މިސީޒަންގެ ކުޅުނު 19 މެޗުން 12 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
Parce qu'Emiliano Sala fera à jamais partie des légendes qui ont écrit la grande histoire du FC Nantes, le numéro 9⃣ qu'il a porté est retiré.#RIPSala pic.twitter.com/XFIVCVBFx7
— FC Nantes (@FCNantes) February 8, 2019




