ސަލާގެ ފީ ގެ ގޮތުގައި 6 މިލިއަން ޔޫރޯ ނަންޓޭސްއަށް ދެއްކުމަށް ކާޑިފްއަށް ޢަމުރުކޮށްފި

އެމިލިއާނޯ ސަލާގެ ފީ ގެ ގޮތުގައި 6 މިލިއަން ޔޫރޯ ނަންޓޭސްއަށް ދެއްކުމަށް "ފީފާ ޕްލެޔާސް ސްޓޭޓަސް ކޮމިޓީ" އިން ކާޑިފްއަށް އަމުރުކޮށްފިއެވެ.

ކްލަބުގެ ރެކޯޑު އަގަކަށް 15 މިލިއަން ޕައުންޑަށް ކާޑިފްއަށް އުމުރުން 28 އަހަރުގެ ސަލާ ބަދަލުވީ މިއަހަރުގެ ޖެނުއަރީމަހުއެވެ. ނަމަވެސް އެމަހުގެ 21 ވަނަ ދުވަހު އޭނާ ނަންޓެސް ކުރު ދަތުރެއް ކުރުމަށްފަހު އަލަށް ގުޅުނު ކްލަބް ކާރޑިފްއަށް ދަތުރުކުރަމުން ދިޔަ މަގުތީގައި ހިނގާދިޔަ ހިތާމަވެރި ހާދިސާއަކާއެކުވަނީ މަރުވެފައެވެ.

ސަލާ މަރުވިއިރު ކާޑިފް ޖާޒީގައި އެންމެ މެޗެއްވެސް ކުޅެފައެއް ނުވެއެވެ.

ފީފާ ޕްލެޔާސް ސްޓޭޓަސް ކޮމިޓީއިން ބުނެފައިވަނީ 25 ސެޕްޓެމްބަރ ގައި ބޭއްވުނު ބައްދަލުވުމަކަށްފަހު، ސަލާގެ ފީ ގެ ގޮތުގައި 6 މިލިއަން ޔޫރޯ ނަންޓޭސްއަށް ދެއްކުމަށް ކާޑިފްއަށް އަމުރުކުރަން ނިންމާފައިވާކަމަށާއި، އަދި މިއީ 19 ޖެނުއަރީ 2019 އެދެކްލަބުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ފުރަތަމަ އިންސްޓޯލްމަންޓު ނުދެއްކި ލަސްވުމާއި ގުޅިގެން ނިންމާފައިވާ ނިންމުމެއްކަމަށްވެސް އެކޮމިޓީންވަނީ ބުނެފައެވެ.

އެމިލިއާނޯ ސަލާ އަދި ޕައިލެޓް ޑޭވިޑް އިބޮޓްސަން ދަތުކުރުކުރި ފްލައިޓް ގުއާންސޭ ސަރަޙައްދުން ވެއްޓުނުތާ ދެހަފްތާ ފަހުން ފެނިފައިވާއިރު، އެފްލައިޓް ތެރެއިން ފެނިފައިވަނީ ސަލާގެ ހަށިގަނޑު އެކަންޏެވެ. ޕައިލެޓް ޑޭވިޑް އިބޮޓްސަން އަދިވެސް ނުފެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ