ސަލާ ހަށިގަނޑުގެ ފޮޓޯ ޓްވީޓްކުރި މައްސަލާގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
އުމުރުން 48 އަހަރުގެ އަންހެނަކާއި 62 އަހަރުގެ ފިރިހެނެއް މިމައްސަލާގައި ހައްޔަރުކޮށްފައިވާއިރު މިދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޮމްޕިއުޓަރަކުން ހުއްދަނޫން ލިޔެކިއުންތަކަށް ހުޅުވުމަށް މަސައްކަތް ކުރަނިކޮށެވެ. އަދި މިމައްސަލަ ތަޙުޤީގު ކުރަމުންދަނީ ޑިޖިޓަލް އިންވެސްޓިގޭޝަން އެންޑް އިންޓެލިޖެންސް ޔުނިޓުންކަމަށް ވިލްޓްޝަޔާ ޕޮލިސް ވަނީ ކަށަވަރުކޮށްދީފައެވެ.
މިކަމުގައި މޯޗަރީގެ އެއްވެސް މުވައްޒަފެއް އަދި ކައުންސިލް މެމްބަރެއް ބައިވެރިވެފައިވާކަމުގެ ހެއްކެތް ނެތްކަމަށް ވިލްޓްޝަޔާ ޕޮލިހުން ބުނެއެވެ. އަދި މޯޗަރީއަށް ވަތްކަމުގެ އެއްވެސް ނިޝާނެއް ފެންނަށް ނެތްކަމަށް ޕޮލިހުން ބުނާއިރު ސަލާގެ ހަށިގަނޑުގެ ފޮޓޯތައް މީސްމީޑިއާގައި ޝެއާ ނުކުރުމަށް ޕޮލިހުންއެދެއެވެ. އެކަމުގެ ސަބަބުން ސަލާގެ އާޢިލާއަށާއި ރައްޓެހިންނަށް އަސަރުކުރާނެތީއެވެ.
ޑޯރެސްޓްގައި ހުންނަ ހޯލީ ޓްރީ ލޮޖް މޯޗަރީއިންވަނީ 7 ފެބްރުއަރީގައި ސަލާ ހަށިގަނޑުގެ ޕޯސްޓް މޯޓަމްއެއްހެދިފައެވެ. ލީކުވެފައިވާ ފޮޓޯތަކަކީ މިޕޯސްޓް މޯޓަމްގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ.
ސަލާ ހަށިގަނދުގެ ފޮޓޯ ޓްވިޓާގައި އާންމުވެ މިމައްސަލައިގެ ތަޙުޤީގު ޑޯރެސްޓް ޕޮލިހުން ފަށާފައިވަނީ 13 ފެބްރުއަރީގައެވެ. ހަމައެއާކު ޓްވިޓާއިންއިން މިފޮޓޯތައް ފުހެލިއެވެ. ނަމަވެސް އޭރު އެހެން މީސްމީޑިއާއަށްވެސްވަނީ މިފޮޓޯތައް އަޕްލޯޑްވެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރމަހު ރެކޯޑު އަގަކަށް ކާޑިފްއަށް ބަދަލުވި 28 އަހަރުގެ އެމިލިއާނޯ ސަލާ މަރުވެފައިވަނީ މިދިޔަ ޖެނުއަރީމަހު 21ގައި އޭނާގެ އާ ކްލަބް ކާރޑިފްއަށް ދަތުރުކުރަމުން ދިޔަ މަގުތީ ހިނގި ހިތާމަވެރި ހާދިސާގައެވެ. އަދި ޖެހިގެންއައި ފެބްރުއަރީ 7 ވަނަ ދުވަހު ސަލާގެ ހަށިގަނޑު ފެނިފައިވާއިރު، މޫދު ތެރޭގައި އެތައް ދުވަހެއް ވަންދެން އޮތް ހަށިގަނޑު ނެގުމަށްފަހު އިދާރާތަކުން އެއީ ސަލާކަން ޔަޤީންކުރީ އިނގިލީގެ ނިޝާނުގެ އެހީގައެވެ.
ސަލާއާއެކު ދަތުރުކުރު ޕައިލެޓް އިބޮޓްސަންގެ އަދިވެސް ނުފެނެއެވެ.